މެންޗެސްޓަރ ޔުނައިޓެޑުން ބޭނުންވަނީ އަންނަ ސީޒަން ނިމެން ދެން ރޮނާލްޑޯ ކުލަބުގައި މަޑުކޮށް ދިނުމަށް ކަމަށާއި އެހެން ނަމަވެސް ކުލަބު ދޫކޮށްލަން ބޭނުން ވެއްޖެ ނަމަ ރޮނާލްޑޯއަށް އެ ފުރުސަތު އޮތް ކަމަށް މެންޗެސްޓަރ ޔުނައިޓެޑުން ބުނެފިއެވެ.
ގިނަ ހިންހަމަ ނުޖެހުން ތަކަކާއި ހުރެ ރޮނާލްޑޯ ޔުނައިޓެޑު ދޫކޮށްލަން އުޅޭ ކަމުގެ އަޑުތައް މީޑިއާގައި ގަދަވެފައިވާ މި ދަނޑިވަޅުގައި ޔުނައިޓެޑުން ބުނެފައިވަނީ މީޑިއާގައި ވާހަތައް ދެކެވުނު ނަމަވެސް ރޮނާލްޑޯ ކުލަބު ދޫކޮށްލުމާއި ގުޅޭ ގޮތުން އަދި މިހާތަނަށް އެއްވެސް ވާހަކައެއް ކުލަބާއި ހިއްސާ ކޮށްފައިި ނުވާކަމަށެވެ. އަދި ޔުނައިޓެޑުން ރޮނާލްޑޯ ބަހައްޓަން ބޭނުންވި ނަމަވެސް އޭނާ ކުލަބު ދޫކޮށް ދާން ބޭނުން ނަމަ އެކަމަށް އެއްވެސް ހުރަހެއް ނެތް ކަމަށް ވެސް ޔުނައިޓެޑުން ވަނީ ބުނެފައެވެ.
" އަހަރެމެން ބޭނުންވަނީ އަންނަ ސީޒަން ނިމުމާއި ހަމައަށް ރޮނާލްޑޯ ކުލަބުގައި މަޑުކުރުމަށް. ނަމަވެސް އޭނާ ކުލަބު ދޫކޮށް ދާން ބޭނުން ވެއްޖެ ނަމަ އެކަމަށް އެއްވެސް ހުރަހެއް ނެތް. ކުލަބުގައި މަޑުކުރުމާއި ކުލަބު ދޫކޮށްލުން އޮތީ ރޮނާލްޑޯގެ އަތްމަތީގައި." ޔުނައިޓެޑުން ބުނެފައިވެއެވެ.
ކްރިސްޓިއާނޯ ރޮނާލްޑޯ މިދިޔަ ސީޒަނުގައި މެންޗެސްޓާގައި ރަނގަޅު ފޯމެއްގައި ހުރި ނަމަވެސް އެ ކްލަބަށް ވަނީ ނާކާމިޔާބީއާއި ކުރިމަތިލާން ޖެހިފަ އެވެ. ރޮނާލްޑޯ ދެކެމުން އައި ހުވަފެން ހަޤީޤަތަކަށް ދަބަލުކޮށް ނުލެވުނުއިރު، ޔުނައިޓަށް ލީގު ނިންމާލަން ޖެހުނީ ހަވަނާގައި އޮވެއެވެ. އެހެން ކަމުން އެ ކުލަބަށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ވަނީ ފުރުސަތު ގެއްލިފައެވެ. ރިޕޯޓުތައް ބުނާގޮތުން ރޮނާލްޑޯ ޔުނައިޓެޑް ދޫކޮށްލަން ވިސްނާ އެންމެ ބޮޑު އެއް ސަބަބަކީ އެ ކުލަބަށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ފުރުސަތު ނުލިބުމެވެ.
މިހާތަނަށް ރޮނާލްޑޯއަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ހަމަ އެކަނި ކުލަބަކީ އިޓަލީގެ ރޯމާ ކަމަށް ރިޕޯޓުތައް ބުނާއިރު، ރޯމާ އަކީ ވެސް އަންނަ ސީޒަނުގައި ޗެމްޕިއަންސް ލީގު ކުޅެވޭ ކުލަބެއް ނޫނެވެ. އެހެން ކަމުން ރޮނާލްޑޯ ރޯމާއަށް ބަދަލުވުމަކީ ވެސް ވުމައްވުރެ ނުވުން ގާތް ކަމެކެވެ.
ނިމިގެން ދިޔަ ސީޒަނުގައި ރޮނާލްޑޯ ވަނީ ޔުނައިޓެޑަށް ކުޅެދިން 38 މެޗުގައި 24 ގޯލު ކާމިޔާބު ކޮށްދީފައެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް