ބޭލް އެމެރިކާގެ ލޮސް އެންޖެލިސް އެފްސީ އަށް

ނިމިގެން ސިޔަ ފުޓްބޯޅަ ސީޒަނަށް ފަހު ސްޕެއިންގެ ރެއާލް މެޑްރިށް ދޫކޮށް ލިކަން އިއުލާންކުރި ވޭލްސް ފޯވާޑް ގެރެތް ބޭލް އެމެރިކާގެ ލޮސް އެޖެލިސް ފުޓްބޯޅަ ކުޅަބަށް ބަދަލުވުމަށް ނިންމައިފި ކަމަށް މީޑިއާ ރި...

25 Jun 2022 | 19:54

ނިމިގެން ސިޔަ ފުޓްބޯޅަ ސީޒަނަށް ފަހު ސްޕެއިންގެ ރެއާލް މެޑްރިށް ދޫކޮށް ލިކަން އިއުލާންކުރި ވޭލްސް ފޯވާޑް ގެރެތް ބޭލް އެމެރިކާގެ ލޮސް އެޖެލިސް ފުޓްބޯޅަ ކުޅަބަށް ބަދަލުވުމަށް ނިންމައިފި ކަމަށް މީޑިއާ ރިޕޯޓުތަކުން ބުނެފިއެވެ.

ބޭލް ރެއާލް އާއި އެކު ހަދާފައިވާ އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ހަމަވާއިރު، ރެއާލްގެ އެއްބަސްވުން ހަމަވުމާއި އެކު އޭނާ ވެގެންދާނީ ފްރީ އެޖެންޓަކަށެވެ. އެގޮތުން ފްރީ ޓްރާންސްފާގެ ދަށުން ބޭލް ބޭނުން ކުލަބަކަށް އޭނާއަށް ކުޅުމުގެ ފުރުސަތު ލިބިގެން ދާނެއެވެ.

ރިޕޯޓުތައް ބުނާ ގޮތުން ބޭލް ލޮސް އެންޖެލިސް އަށް ބަދަލުވަނީ ހިލޭ ޓްރާންސްފާގެ ދަށުން އެއް އަހަރުދުވަހުގެ އެއްބަސް ވުމެއްގެ ދަށުންނެވެ. އަދި ބޭލް މިހާރު ވަނީ ޓްރާންސްފާގެ ކަންކަން ނިންމުމަށް ލޮސް އެންޖެލިސް ގޮސް ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. އަދި ލޮސް އެންޖެލިސްގެ ކުޅުންތެރިއެއް ގެ ގޮތުގައި ބޭލް ހަމަޖައްސާ އެކަން ރަސްމީކޮށް ވަރަށް އަވަހަށް އިއުލާން ކުރާނެކަމަށް ވެސް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

ބޭލް އެމެރިކާގެ ލޮސް އެންޖެލިސް އަށް ބަދަލުވުމަށް އެއްބަސްވެފައިވާ ކަމަށް ރިޕޯޓުުތައް ބުނާއިރު، އޭނާ ހޯދުމުގެ މަސައްކަތް ސްޕެއިންގެ ގެޓަފޭ އާއި ވޭލްސްގެ ކާޑިފް ސިޓީން ދަނީ މަސައްކަތް ކުރަމުންނެވެ.

އިނގިރޭސި ވިލާތުގެ ސައުތެމްޕްޓަނުން ސީނިއަރ ކެރިއަރު ފެށި ބޭލް ނިމިގެން ދިޔަ ސީޒަނުގައި ރެއާލް މެޑްރުޑަށް ކުޅެދީފައި ވަނީ އެންމެ ހަތް މެޗެވެ. އަދި ޖަހާފައިވަނީ އެންމެ ގޯލެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް