މިއީ ސަރުކާރު ފަހަތު ފަޔަށް ބުރަވަންވީ ވަގުތެއް ނޫން ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީއަށް16 އަހަރު ވުމާ ގުޅިގެން، ކްލަބް ހައުސްގައި 'ހަރުގެ' ލޯންޗްކުރުމަށް ބޭއްވި ހަފްްލާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ހައްދުފަހަނަ އެޅުމާއި ޓެެރަރިޒަމްގެ ވިސްނުން ހުންނަ ފަރާތްތަކަށް ޤާނޫނުގެ ދިގު އަތް ނުފޯރާ ކަމަށެވެ.
އެގޮތުން، ރާއްޖޭގައި ވެސް ޓެރަރިޒަމްގެ ޤާނޫނުފަދަ އެތައް ޤާނޫނެއް ހުރިކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ ފަނޑިޔާރުންނަށް ވަރަށް ރަނގަޅު މެސެޖެއް ލިބެން ޖެހޭ ކަމަށެެވެ. އަދި ފަނޑިޔާރުންނަށް ވިސްނިވަޑައިގަންނަވަން ވެއްޖެ ކަމަށް އެމަނިކުފާނު ފާހަގ ކުރެއްވިއެވެ.
ޓެރަރިޒަމްނގެ އަމަލުތައް ހިންގާ ފަރާތްތަކަށް ފަސޭހައިން މަޢާފް ލިބޭ ކަމަށާއި މުއްދަތު ޖެހުމަށްފަހު ދޫކޮށްލާ ފަރާތްތައް މަހުމަތީގައި އުޅެން ފުރުސަތު ދީގެން ނުވާނެކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ބޮމެއް ގޮއްވާލައިގެން ދިން ހަމަލާއާ ގުޅިގެން އެމަނިކުފާނަށް އެކިވަރުގެ އަނިޔާ ލިބިފައި ވެއެވެ. އަދި މިވަގުތު ވެސް ހުންނެވީ އަނިޔާތަކަށް ފަރުވާ ކުރައްވަން ޖަރުމަނުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް