ހޯމަ ދުވަހުން ފެށިގެން ބަންގްލަދޭޝް ފުކް ލޮކްޑައުނަކަށް ދަނީ

ކޯވިޑް-19 ކޮންޓްރޯލް ކުރަން ބަންލަދޭޝް އެއްކޮށް ލޮކްޑައުން ކުރަން ނިންމައިފި އެވެ. އެގައުމުގެ ޕްރެސް އިންފޮމޭޝަން ޑިޕާޓްމެންޓުން ނެރުނު ބަޔާނެއްގައި ބުނީ މުޅި ގައުމު ލޮކްޑައުން ކުރާނީ އަންނަ ހޯމަ ދުވަ...

26 Jun 2021 | 17:50

ކޯވިޑް-19 ކޮންޓްރޯލް ކުރަން ބަންލަދޭޝް އެއްކޮށް ލޮކްޑައުން ކުރަން ނިންމައިފި އެވެ.

އެގައުމުގެ ޕްރެސް އިންފޮމޭޝަން ޑިޕާޓްމެންޓުން ނެރުނު ބަޔާނެއްގައި ބުނީ މުޅި ގައުމު ލޮކްޑައުން ކުރާނީ އަންނަ ހޯމަ ދުވަހުން ފެށިގެން އެއް ހަފްތާގެ މުއްދަތަށް ކަމަށެވެ. މި ފިޔަވަޅު އެޅީ މިމަހު ކުރީ ކޮޅުން ފެށިގެން އެ ގައުމުގެ ކޯވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާތީ އެވެ.

ކޯވިޑްގެ ހާލަތު ގޯސްވާތީ މީގެ ދެ މަހެއްހާ ދުވަސް ކުރިން ފެށިގެން ބަންގްލަދޭޝްގައި ދިޔައީ ބައެއް ފިޔަވަޅުތައް އަޅަމުންނެވެ، އެގޮތުން އޭޕްރިލް މަހުން ފެށިގެން ފަސިންޖަރުން ގޮވައިގެން ެއެ ގައުމަށް ކުރާ ބައިނަލް އަގުވާމީ ވައިގެ ދަތުރުތައް ދޭތެރެ ދޭތެރެ ދޭތެރެއިން މެދުކަނޑާލާފައިވެ އެވެ.

އެ ޑިޕާޓްމެންޓުގެ ބަޔާނުގައި ބުނީ އިތުރު ފިޔަވަޅެއްގެ ގޮތުން މުޅި ގައުމު ލޮކްޑައުންކޮށް އާންމު ހުރިހާ ހަރަކާތެއް އެއް ހަފްތާއަށް ހުއްޓާލާނެ ކަމަށެވެ. އެގޮތުން ޒަރޫރީ ބޭނުމެއްގައި މެނުވީ ގެއިން ބޭރަށް ނުނުކުމެވޭނެ ކަމަށް ބުނެ އެވެ.

އަދި ސަރުކާރު އޮފިސްތަކާއި ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކާއި ވިޔަފާރިތައް އެއް ހަފްތާއަށް ބަންދުވާނެ ކަމަށް ބުނެ އެވެ. މީގެ އިތުރުން ބަހުގެ ހިދުމަތާއި ރެއިލް ދަތުރުތައްވެސް މެދު ކަނޑާލާނެ އެވެ.

ބަންލަދޭޝްގައި ފިޔަވަޅުތައް ހަރުކަށި ކުރަން ނިންމި މައިގަނޑު ސަބަބަކީ އިއްޔެ ކޯވިޑަށް ޕޮސިޓިވްވި އަދަދާއި ބަލީގައި މަރުވި މީހުންގެ އަދަދު ކުއްލިއަކަށް އިތުރުވުމެކެވެ. މިއީ މިދިޔަ އަހަރުގެ މާޗްމަހުގެ ފަހުން އެއް ދުވަހާ އެންމެ ގިނަ މީހުން ކޯވިޑް ޖެހިގެން އެ ގައުމުން މަރުވި ފުރަތަމަ ދުވަހެވެ.

ބަންގްލަދޭޝްގައި އިއްޔެ ކޯވިޑް-19 އަށް 5،869 މީހުން ޕޮސިޓިވްވެފައިވެ އެވެ. އަދި އިއްޔެ އެކަނި ބަލީގައި 108 މީހުން މަރުވެފައިވެ އެވެ.

ބަންގްލަދޭޝްއިން މިހާތަނަށް 878,804 މީހުން ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވެ އެވެ. އަދި ބަލި ޖެހުނު މީހުންގެ ތެރެއިން 13,976 މީހުން މަރުވެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް