ކޯވިޑް-19އަށް އިތުރު 150 މީހުން ޕޮސިޓިވް ވެއްޖެ އެވެ.
އެޗްޕީއޭއިން ބުނީ އޭގެ ތެރެއިން މާލެ ސަރަހައްދުން ޕޮސިޓިވްވެފައިވަނީ 30 މީހުން ކަމަށެވެ. އަދި އަތޮޅު ތެރެއިން ޕޮސިޓިވްވެފައިވަނީ 101 މީހުން ކަމަށެވެ. އޮޕަރޭޓް ކުރާ ރިސޯޓުތަކުން17 މީހަކާއި ލިވަބޯޑްސްއިން ދެ މީހެކެވެ.
މިއަދު ކޯވިޑަށް ޓެސްޓު ކޮށްފައިވަނީ 5،763 މީހުންނެވެ.
މިވަގުތު ކޯވިޑަށް ފަރުވާ ދެމުން ދަނީ 4،069 މީހުންނަށެވެ. އޭގެ ތެރެއިން 30 މީހުުންނަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.
ކޯވިޑް ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ރަނގަޅުވެފައިވަނީ 68،806 މީހުންނެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑްގައި މަރުވި މީހުންގެ އަދަދު މިއަދު ވަނީ 209 އަށް އަރާފައި އެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް 73،094 މީހުން ޕޮސިޓިވްވެފައިވެ އެވެ.
https://twitter.com/HPA_MV/status/1408832571052412929
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް