ޑރ. އިޔާޒު ރައީސް މައުމޫނަށް: ނަފުރަތުގެ ބިލާއި މެދު ދެކެވަޑައިގެންނަވަނީ ކިހިނެތްތޯ؟

ނަފުރަތު އުފެއްދުން ކުށަކަށް ހަދަން ގާނޫނުލް އުގޫބާތު އިސްލާހު ކުރަން ހުށަހަޅާފައިވާ ބިލާއި މެދު ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ދެކެވަޑައިގެންނެވަނީ ކިހިނެތްތޯ ސާފު ކޮށްދެއްވުމަށް ދީނީ އިލްމ...

26 Jun 2021 | 17:03

ނަފުރަތު އުފެއްދުން ކުށަކަށް ހަދަން ގާނޫނުލް އުގޫބާތު އިސްލާހު ކުރަން ހުށަހަޅާފައިވާ ބިލާއި މެދު ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ދެކެވަޑައިގެންނެވަނީ ކިހިނެތްތޯ ސާފު ކޮށްދެއްވުމަށް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު ގޮވާލައްވައިފި އެވެ.

މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރު ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން އެވެ. ބިލުގެ މަސައްކަތް މިހާޜު ޖުޑީޝަރީ ކޮމިޓީގައި އޮތް އިރު މަސައްކަތް ކުރަމުންދަނީ އަންނަ ހޯމަ ދުވަހަށް ކޮމިޓީ މަރުހަލާއިން ނިންމާށެވެ.

މި މައްސަލައިގަ މިހާތަނަށް އެ ބިލަށް ތާއީދުކޮށް ވާހަކަ ދައްކާފައިވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕިީންނެވެ. އެހެން ހުރިހާ މައި ސިޔާސީ ޕާޓީތަކާއި ދީނީ އިލްމުވެރިންނާއި ގިނަ އާންމުން ބިލަށް ދެކޮޅު ހަދަމުންދާއިރު ރައީސް މައުމޫން ބިލާއި ގުޅޭގޮތުން މިހާތަނަށް އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ.

ޑރ. އިޔާޒުގެ ޓުވީޓުގައި ވިދާޅުވީ މަޖިލީިހަށް ހުށަހަޅާފައިވާ ޝައިތާނީ ބިލާއި މެދު ދެކެވަޑައިގެންނެވާގޮތެއް ވިދާޅުވެދެއްވުމަށް އެދިވަޑައިގެންނަވާ ކަމަށެވެ.

https://twitter.com/dr_iyaz/status/1408733225892024320

މި ބިލާއި މެދު ހިޔާލު ޙޯދަން ނިންމާފައިވަނީ އިސްލާމިކް މިނިސްޓްރީ، ޕީޖީ އޮފީސް އަދި އެޗްއާރުސީއެމުންނެވެ. މިހާތަނަށް އިސްލާމިކް މިނިސްޓްރީ އާއި ޕީޖީ އޮފީހުން ހިޔާލު ފޮނުވާފައިވާއިރު ދެ އިދާރާއިން ވެސް ބުނެފައިވަނީ ބިލުގައި ކަންބޮޑުވާ ކަންކަން ހުރި ކަމަށެވެ.

އެގޮތުން އިސްލާމިކް މިނިސްޓްރީން ވަނީ އިސްލާމް ދީނުގެ ހަމަތަކާއި އުސޫލުތަކާއި ފުށޫ އަރާ ތިން ކަމެއް ފާހަގަ ކޮށްފައި އެވެ. އެޗްއާރުސީއެމުން ފާހަގަ ކޮށްފައިވަނީ އިންސާނީ ހައްގުތަކާއި ނޫސްވެރިކަމުގެ މިނިވަން ކަން ހަނިވާގޮތަށް ބިލުގައި ފާހަގަ ކޮށްފައިވާ ކަންކަމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް