ނުދެއްކި ހުރި ޓެކްސް ފައިސާ އިންސްޓޯލްމަންޓް އުސޫލުން މީރާއަށް ދެއްކުމަށް އިތުރު ލުއިފަސޭހަތަކެއް

އިންސްޓޯލްމަންޓް އުސޫލުުން މީރާއަށް ފައިސާ ދެއްކުމުގެ އުސޫލަށް އިތުރު ލުއިފަސޭހަތަކެއް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހަމަަޖައްސައި އެކަން އިއުލާނުކޮށްފިއެވެ. އެގޮތުން މިއަދު މީރާ...

26 Jun 2021 | 15:13

އިންސްޓޯލްމަންޓް އުސޫލުުން މީރާއަށް ފައިސާ ދެއްކުމުގެ އުސޫލަށް އިތުރު ލުއިފަސޭހަތަކެއް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހަމަަޖައްސައި އެކަން އިއުލާނުކޮށްފިއެވެ.

އެގޮތުން މިއަދު މީރާއިން ބުނެފައިވަނީ އިންސްޓޯލްމަންޓް އުސޫލުން ފައިސާ ދެއްކުމަށް އެދި ހުށަހަޅާ ފަރާތްތަކަށް، އޭގެ ކުރިން އިންސްޓޯލްމަންޓް އުސޫލަށް ފައިސާ ދެއްކުމުގެ އެއްބަސްވުމަށް އައުމުގެ ގޮތުން ދައްކަންޖެހޭ ކޮމިޓްމަންޓް ޕޭމަންޓަށްވުރެ ކުޑަ ކޮމިޓްމަންޓް ޕޭމަންޓެއް ދެއްކުމުން އިންސްޓޯލްމަންޓް އެގްރިމަންޓަކަށް އާދެވޭނެ އިންތިޒާމާއި، އާންމު އުސޫލުން އިންސްޓޯލްމަންޓް ހަމަޖައްސައިދެވޭ މުއްދަތަށްވުރެ ދިގު މުއްދަތަކަށް އިންސްޓޯލްމަންޓުގެ މުއްދަތު ދެވޭނެގޮތަށް ވަނީ ހަމަޖައްސާފައި ކަމަށެވެ.

މިގޮތުން މީގެ ކުރިން ކޮމިޓްމަންޓް ޕޭމަންޓްގެ ގޮތުގައި ނުދައްކައިވާ ފައިސާގެ 50% ނަގަމުންދިޔަ ނަމަވެސް އެ އިންސައްތަ މިހާރުވަނީ 5% އާއި 10% އާއި ދެމެދަށް ކުޑަކޮށްދީފައި ކަަމަށާއި އަދި ދެ މަހާއި 26 މަހާއި ދެމެދުގެ މުއްްދަތަށް އިންސްޓޯލްމަންޓްގެ ގޮތުގައި ބަހާލައިގެން ފައިސާ ދެއްކޭގޮތަށް މިހާރުވަނީ ހަމަޖައްސާފައި ކަމަށް މީރާއިން ބުނެއެވެ. އަދި މި ލުއިތައް ހަމަޖައްސައިދޭނީ ޓެކްސް ދައްކާ ފަރާތުގެ ވިޔަފާރީެ ފަންތިއާއި، އެފަރާތުގެ 2020 ވަނަ އަހަރުގެ އާމްދަނީއަށް ބަދަލުއައިސްފައިވާ މިންވަރަށް ރިއާޔަތްކޮށް ކަމުގައިވެސް މީރާއިން ބުނެއެވެ.

" މި ހާލަތުގައި ދޭ އިތުރު ލުޔެއްގެ ގޮތުން، އިންސްޓޯލްމަންޓް އެގްރީމަންޓެއްގައި ސޮއިކޮށް ހިނގަމުންދާ އިންސްޓޯލްމަންޓް އެގްރިމެންޓެއް އޮތްނަމަވެސް، އެ އިންސްޓޯލްމަންޓުގެ ތެރޭގައި ނުހިމެނޭ މުއްދަތުތަކާ ގުޅިގެން އިތުރު އެގްރީމަންޓަކަށް އެދިއްޖެ ހިނދެއްގައި އެ ފުރުސަތުވެސް ޓެކްސް ދައްކާ ފަރާތްތަކަށް ދިނުމާއި އަދި ޓެކްސް ދައްކާފަރާތުން ބޭނުންވާނަމަ، މިހާރު ހިނގަމުންދާ އިންސްޓޯލްމަންޓް އެގްރިމަންޓް ރީ ޝެޑިއުލްކޮށް ދިނުމަށްވެސް ހަމަޖެހިފައިވެއެވެ." މީރާއިން ބުނެފައިވެއެވެ.

މީގެ އިތުރުން، ޓެކުހާ ގުޅޭ ޖޫރިމަނާ ދެއްކުމަށް ދަތިވާނަމަ، ޓެކްސް ދައްކާ ފަރާތުން އެދުމުން އެ ފަރާތުން ނުދައްކާފައިވާ ޓެކްސް ދެއްކުމުން ނުވަތަ ޓެކްސް ދެއްކުމަށް އިންސްޓޯލްމަންޓް އެގްރީމަންޓަކަށް އައުމުން، ޓެކުހާ ގުޅޭގޮތުން ވެފައިވާ ޖޫރިމަނާ މާފުކޮށްދިނުމަށް ވަނީ ހަމަޖެހިފައި ކަމަށާއި އަދި އެހެން އިދާރާތަކުގެ ބޭނުމަށް ޓެކްސް ކްލިއަރަންސް ދޫކުރުމުގައި ނުދައްކައިވާ ޓެކުހާ ގުޅިގެން އިންސްޓޯލްމަންޓް އެގްރީމަންޓަކަށް އައުމުން ޓެކްސް ކްލިއަރެންސް ދޫކުރުމަށްވެސް ވަނީ ހަމަޖެހިފައި ކަމަށްވެސް ބުނެފައިވެއެވެ.

މީރާއިން ބުނެފައިވާގޮތުގައި މި ލުއިތަކަކީ ޓެކްސް ދައްކާ ހުރިހާ ފަރާތްތަަކަށްވެސް ހުޅުވާލެވިފައިވާ ލުއިތަކެކެވެ. އަދި މި ލުއިތައް ދިނުމަށް ހަމަޖެހިފައވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހެން ވިޔަފާރިތަކަށްވުރެ އިތުރަށް ލުއިވާނެ އުސޫލަކުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް