ރައީސް ޔާމީނަށް ގައުމު ބޭނުންވެފައިވާ މިންވަރު ހާމަކުރުމަށް އިދިކޮޅުން މިރޭ ކްލަބް ހައުސް އަށް

ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ގައުމު ބޭނުންވެފައިވާ މިންވަރު ހާމަކުރުމަށް އިދިކޮޅު ކޯލީޝަން، ޕީޕީއެމް ޕީއެންސީން މިރޭ ކްލަބް ހައުސްއަަށް ވަންނަން ނިންމައިފިއެވެ. އެގޮތުން އިދިކޮޅުން...

26 Jun 2021 | 13:26

ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ގައުމު ބޭނުންވެފައިވާ މިންވަރު ހާމަކުރުމަށް އިދިކޮޅު ކޯލީޝަން، ޕީޕީއެމް ޕީއެންސީން މިރޭ ކްލަބް ހައުސްއަަށް ވަންނަން ނިންމައިފިއެވެ.

އެގޮތުން އިދިކޮޅުން ބުނެފައިވަނީ މިރޭ 07:45 ގައި، ރައީސް ޔާމީނަށް ގައުމު ބޭނުންވެފައިވާ މިންވަރު، މި މައުލޫގައި ކްލަބްހައުސްގައި ސެޝަނެއް ކުރިއަށްދާނެ ކަމަށެވެ.

މި ސެޝަންގައި އިދިކޮޅުގެ އެކްޓިންގް ރައީސް އަބްދުއްރަހީމް އަބްދު އާއި ނައިފަރު މަޖިލިސް މެންބަރު ޝިޔާމް އަހްމަދާއި މަޖިލިސް މެންބަރު ގައްސާނާއި ވީޕީ މުންދު ޝަރީފާއި މަޖިލިސް މެންބަރު ހުސެއިން ލަތީފާއި މަޖިލިސް މެންބަރު އާދަމް ޝަރީފް އުމަރާއި ވީޕީ އިބްރާހިމް ޝުޖާއު އާއި ވީޕީ މުހައްމަދު ނިމާލްގެ ބައިވެރިވާނެ ކަމަށެވެ.

ކްލަބްހައުސް އަކީ ވޮއިޕް، އޯޑިއޯ ޗެޓް ޕްލެޓްފޯމެކެވެ. ދާދި ފަހުން ވުޖޫދުވި، ސޯޝަލް މީޑިއާގެ މި ޕްލެޓްފޯމަކީ މިހާރު ދިވެހިންގެ މެދުގައިވެސް ވަރަށް ބޮޑު މަގުބޫލުކަމެއް ލިބިގެންގޮސްފައިވާ ޕްލެޓްފޯމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް