މި ފެށޭ ހަފްތާގައިވެސް ބްރާންޗްތަކާއި ސާވިސް ސެންޓަރުތައް ބަންދުވާނެ، ނަމަވެސް އަސާސީ ހިދުމަތްތައް ލިބޭނެ: ބީއެމްއެލް

މި ފެށޭ ހަފްތާ (ޖޫން 27 އިން ޖުލައި 1) އަށްވެސް ބޭންކް އޮފް މޯލްޑިވްސްގެ ހުރިހާ ބްރާންޗްތަކާއި ސާވިސް ސެންޓަރުތައް ބަންދުވާނެ ކަމަށާއި ނަމަވެސް އަސާސީ ހިދުމަތްތައް ލިބެމުންދާނެ ކަމުގައި އެ ބޭންކުން ބު...

26 Jun 2021 | 12:08

މި ފެށޭ ހަފްތާ (ޖޫން 27 އިން ޖުލައި 1) އަށްވެސް ބޭންކް އޮފް މޯލްޑިވްސްގެ ހުރިހާ ބްރާންޗްތަކާއި ސާވިސް ސެންޓަރުތައް ބަންދުވާނެ ކަމަށާއި ނަމަވެސް އަސާސީ ހިދުމަތްތައް ލިބެމުންދާނެ ކަމުގައި އެ ބޭންކުން ބުނެފިއެވެ.

އެ ބޭންކުން ބުނެފައިވަނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން ކަނޑައަޅުއްވާފައިވާ އުސޫލޫތަކާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ކުރައްވާފައިވާ އިއުލާނާ އެއްގޮތްވާ ގޮތުގެ މަތިން ހިިދުމަތްދިނުމަށްޓަކައި 27 ޖޫން އިން ފެށިގެން 1  ޖުލައި 2021 އާ ހަމަޔަށް ބޭންކުގެ މަސައްކަތު ގަޑިތަކަށް ތިރީގައިވާ ގޮތަށް މިވަނީ ބަދަލު ގެނެވިފައި ކަމަށާއި އެގޮތުން ކާޑު ދޫކުރުމަށް ކަަސްޓަމަރ ސަރވިސް ސެންޓަރ ހުޅުވުމަށް ވަނީ ހަމަޖެހިފައި ކަމަށާއި މި ގޮތުން އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް، ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ފެށިގެން މެންދުރުފަހު 2:00 އާ ހަމަޔަށް ކާޑު ދޫކުރަމުގެ ހިދުމަތްދެމުންދާނެ ކަމަށާއި އަދި ކާޑު ދޫކުރުމަށް ހުޅުމާލެ ބްރާންޗްވެސް ހޯމަ، އަންގާރަ އަދު ބުރާސްފަތި ދުވަހު ހެނދުނު 10:00 އިން ފެށިގެން 2:00 އަށް ހުޅުވުމަށް ވަނީ ހަމަޖެހިފައި ކަމުގައި ބުނެފައިވެއެވެ.

"ކަސްޓަމަރުންނަށް (ހުއްދަ ލިބިފައިވާ ފަރާތްތަކަށް) އޭޓީއެމް މެދުވެރިކޮށް ފައިސާ ނެގުމާއި ޖަމާކުރުމުގެ ހިދުމަތް ލިބޭނެއެވެ. މި ގޮތުން އާންމު ފަރުދުންގެ އެކައުންޓަކަށް 100،000 ރުފިޔާ އަދި ވިޔަފާރި އެކައުންޓަކަށް 500،000 ރުފިޔާ ޖަމާކުރެވޭނެއެވެ." ބޭންކުން ބުނެފައިވެއެވެ.

އިތުރަށް ބުނެފައިވަނީ ކަސްޓަމަރުންނަށް ހިދުމަތް މެދުނުކެނޑި ހިދުމަތް ދިނުމުގެ ގޮތުން ހަފްތާ ދުވަސްތަކުގައި ( ހުކުރު، ހޮނިހިރު ނުހިމަނައި) އަސާސީ ބޭންކިންގ ޚިދުމަތްތައް ދިނުމަށްވަނީ ހަމަޖެހިފައި ކަމަށާއި މީގެ ތެރޭގައި ރާއްޖޭން ބޭރަށް ފައިސާ ފޮނުވުން، އީމެއިލް މެދުވެރިކޮށް ޕޭރޯލް ހިދުމަތްދިނުމުގެ އިތުރުން އޭޓީއެމް އަށް ޖަމާކުރާ ބީއެމްއެލް ޗެކް ޕްރޮސެސް ކުރުން ހިމެނޭ ކަމަށެވެ. އަދި އެމްއެމްއޭ ހުޅުވާފައި ހުންނަ ދުވަސްތައްކަމަށްވާ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހު ލޯކަލް ބޭންކް ޓްރާންސްފަރގެ ހިދުމަތާއި (އޭސީއެޗް އަދި އާރްޓީޖީއެސް) އެހެން ބޭންކުތަކުގެ ޗެކް ޕޮރެސެސްކުރުމުގެ ހިދުމަތް ލިބޭނެ ކަމުގައިވެސް ބުނެފައިވެއެވެ.

އިތުރު މައުލޫމާތާއި ހިދުމަތް ދިނުމަށް ހަމަޖެހިފައިވާ ސުންގަޑީގެ ތަފްސީލް:

ރާއްޖޭން ބޭރަށް ފައިސާ ޓްރާންސްފަރ ކުރުން

އިންޓަނޭޝަނަލް ޓްރާންސްފަރ (ޓީޓީ) ގެ ޚިދުމަތް ހޯއްދެއްވުމަށް ފުރިހަމަ ކޮށްފައިވާ ޓީޓީ އެޕްލިކޭޝަން ފޯމާއެކު ބޭނުންވާ އެހެނިހެން ލިޔުންތައް (ބިލް)  [email protected] އީމެއިލް

މެދުވެރިކޮށް ފޮނުވޭނެއެވެ. ފަސޭހައިން މި ހިދުމަތް ހޯދުމަށްޓަކައި، އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ޓީޓީ ޚިދުމަތަށް އެދި ހުށަހެޅުމަށް އެދެމެވެ.

ހެނދުނު 11:00 ގެ ކުރިން ލިބޭ ހުށަހެޅުން އެދުވަހު ޕްރޮސެސް ކުރުމަށްވަނީ ހަމަޖެހިފައެވެ.

ޕޭ ރޯލް (މުވައްޒަފުންގެ މުސާރަޖަމާކޮށްދިނުން) ޚިދުމަތް

ޕޭ ރޯލްގެ ޚިދުމަތައް އެދި ހުށަހެޅުން އީމެއިލް މެދުވެރިކޮށް ބަލައިގަނެވޭނެއެވެ. މި ޚިދުމަތައް އެދި ހުށަހެޅުމަށް ބޭނުންވާ ލިޔުންތަކުގެ ތަފްސީލް ބޭންކުގެ ވެބްސައިޓް https://www.bankofmaldives.com.mv/business/banking-services/payroll-service  މެދުވެރިކޮށް ލިބެން ހުންނާނެއެވެ.

ބީއެމްއެލް އެކައުންޓަކަށް ޖަމާކުރާނަމަ އެދުވަހު ޕްރޮސެސްކުރެވޭނީ މެންދުރު 12:00 ގެ ކުރިން ލިބޭ ހުށަހެޅުންތަކެވެ.

އެހެން ބޭންކެއްގެ އެކައުންޓަަށް ޖަމާކުރާނަމަ، ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހުގެ 11:00 ގެ ކުރިން ލިބޭ ހުށަހެޅުން އެ ދުވަހު ޕްރޮސެސްކުރެވޭނެއެވެ.

އޭޓީއެމް މެދުވެރިކޮށް ޖަމާކުރާ ޗެކް ޕްރޮސެސް ކުރުން

މެންދުރު 12:00 ގެ ކުރިން ޖަމާ ކުރާ ބީއެމްއެލް ޗެކެއްނަމަ އެދުވަހު ޕްރޮސެސް ވާނެއެވެ.

އެމްއެމްއޭ ހުޅުވާފައި ހުންނަދުވަސްތައް ކަމަށްވާ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހު ހެނދުނު 10:00 ކުރިން ޖަމާކުރާ ޗެކްތައް ކްލިއަރކުރުމަށް އެދުވަހަކު ފޮނުވޭނެއެވެ.

ލޯކަލް ބޭންކް ޓްރާންސްފަރ

މި މުއްދަތުގައި އަންނަ ކޮންމެ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހެއްގައި މި ހިދުމަތް ލިބޭނެއެވެ.

ހެނދުނު 11:00 ގެ ކުރިން އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ލިބޭ އޭ.ސީ.އެޗް ޓްރާންސްފަރ ރިކުއެސްޓް އެދުވަހު ޕްރޮސެސް ވާނެއެވެ.

ހެނދުނު 11:00 ގެ ކުރިން އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ލިބޭ އާރް.ޓީ.ޖީ.އެސް ޓްރާންސްފަރ (100،000 ރުފިޔާއަށް ވުރެ މަތި) ރިކުއެސްޓް އެދުވަހު ޕްރޮސެސް ވާނެއެވެ.

ހެނދުނު 11:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ލިބޭ އެމް.އާރް.ޓީ.ޖީ.އެސް ޓްރާންސްފަރ ރިކުއެސްޓް އެދުވަހު ޕްރޮސެސް ވާނެއެވެ. ފޯމް ފުރިހަމަކޮށް އަދި ސޮައިކުރުމަށްފަހު [email protected] އަށް ފޮނުވުން އެދެމެވެ.

މަތީގައި ދެންނެވިފައިވާ ވަގުތުތަކުގެ ފަހުން ލިބޭ ހުށަހެޅުންތައް ޕްރޮސެސް ވާނީ ދެން ބޭންކު ހުޅުވޭ ދުވަހުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް