ބޮލީވުޑްގެ ބަތަލާ އަނުޝްކާ ޝަރުމާ ބޮލުން އިސްތަށި ފައިބާވަރުން ހަދާނެ ގޮތެއް ނޭނގި ގޮތް ހުސްވެފައި ހުއްޓަ އެކަމުގެ ހައްލު ލިބިއްޖެ އެވެ.
އަނުޝްކާ އިންސްޓަގްރާމްގައި ބުނެފައިވާ ގޮތުގައި އޭނާގެ ބޮލުން އިސްތަށި ފައިބަން ފެށީ އަލަތު ދަރިފުޅު ވަމިކާ ޝަރުމާ ކޮއްލީ ވިހޭ ފަހުން ކަމަށެވެ. ވަމިކާ ލިބުނީ މިދިޔަ ޖެނުއަރީ މަހު 11 ވަނަ ދުވަހު އެވެ.
މިވަގުތު އިނގިރޭސިވިލާތުގައި ހުރި އަނުޝްކާ ކޮށްފައިވާ އިންސްޓަގްރާމް ޕޯސްޓެއްގައި ބުނެފައިވަނީ ބޮލުން އިސްތަށި ފޭބުމުގެ މައްސަލައަށް ހައްލެއް ލިބިފައިވާ ކަމަށެވެ. އެކަމަށް އެހީތެރިވެދިނީ ބޮލީވުޑްގެ ބަތަލާ ސޯނަމް ކަޕޫރު ކަމަށް ބުނެފައިވެ އެވެ.
https://www.instagram.com/p/CQio5cEpHK3/?utm_source=ig_embed&ig_rid=efc5681b-724f-447e-8123-435e5fdce2b7
އަނުޝްކާގެ ޕޯސްޓުގައި ބުނެފައިވަނީ އަނުޝްކާ ވަނީ ބޮލުން އިސްތަށި ފޭބުން ހައްލު ކުރަން ފަރުވާ ހޯދަން ދާނެ ތަނެއް ބުނެދީފަ ކަމަށެވެ. އަދި އެތަނުން ފަރުވާ ހޯދުމުން ބޮލުން އިސްތަށި ފޭބުން ހުއްޓިފައިވާ ކަމަށެވެ.
ސޯނަމް ދިރިއުޅެނީ ފިރިމީހާ އަނަންދު އަހޫޖާ އާއި އެކު އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުގައި އެވެ.
އިނގިރޭސިވިލާތަށް އަނުޝްކާ ގޮސްގެން އުޅެނީ ފިރިމީހާ ވިރާޓް ކޮށްލީ ކުޅޭ ކްރިކެޓް މުބާރާތެއް ބަލާށެވެ. އިނގިރޭސިވިލާތުގައި ކުރިޔަށް ދަނީ ވޯލްޑް ޓެސްޓް ޗެމްޕިއަންޝިޕެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް