މެންބަރު އިލްޔާސް 241 ކޮމިޓީގެ އިންކުއަރީއަށް ހާޒިރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތާއި ބެހޭ ކޮމިޓީ “241” ކޮމިޓީއަށް ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ހާޒިރުކޮށްފި އެވެ. މިދިޔަ މަހު ބޮމެއް ގޮއްވާލައިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާ...

26 Jun 2021 | 09:42

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތާއި ބެހޭ ކޮމިޓީ “241” ކޮމިޓީއަށް ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ހާޒިރުކޮށްފި އެވެ.

މިދިޔަ މަހު ބޮމެއް ގޮއްވާލައިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާ އާއި ގުޅިގެން އެ ކޮމިޓީން ކުރިޔަށް ގެންދާ އިންކުއަރީއަށް އެ މައްސަލަ އާއި ގުޅުން ހުރި ހުރިހާ ފަރާތްތަކެއް ހާޒިރުކޮށް ސުވާލު ކުރާނެ ކަން މަޖިލީހުން ވަނީ ހާމަކޮށްފައި އެވެ. މިހާތަނަށް ހާޒިރު ކޮށްފައިވާ ބޭފުޅުންގެ ތެރޭގައި ނަޝީދުގެ ޑްރައިވަރާއި ބޮޑީގާޑުންނާއި، ވަކިވަކި ސިފައިންނާއި ފުލުހުންގެ އިސްވެރިން ހިމެނެ އެވެ.

މަޖިލީހުގެ 241 ކޮމިޓީއަށް މެންބަރު އިލްޔާސް ހާޒިރުކޮށް ސުވާލުކޮށްފައިވަނީ މިއަދު ހެނދުނު 10:00 ޖެހި އިރު އެވެ. އިލްޔާސް ކުރެއްވި ޓުވީޓެއްގައި ވަނީ މިދިޔަ ހަފްތާގައި އޭނާ241 ކޮމިޓީން ވަކިވެވަޑައިގެންނެވިކަން ހާމަކުރައްވާފައި އެވެ.

އަދި ވިދާޅުވީ މިއަދު އެ ކޮމިޓީއަށް އޭނާ ބަޔާން ދެއްވާފައިވާ ކަމަށެވެ.

https://twitter.com/ilyas_labeeb/status/1408680839127306244

މި އިންކުއަރީއަށް އިލްޔާސް ހާޒިރުކުރިއިރު، ނަޝީދަށް ނުރައްކާ އޮތް ކަން އިލްޔާސް ވަނީ މާ ކުރިން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއަށް ފޯނުން ގުޅުއްވައި އަންގަވައިފައެވެ.

މި ކަމާ ގުޅިގެން މާރިޔާ ވިދާޅުވެފައިވަނީ އެ ކަން ފުލުހުންނަށް އަންގަން އިލްޔާސަށް އެންގެވި ކަމަށެވެ. އެކަމަކު އިލްޔާސް ވިދާޅުވާ ގޮތުން ފުލުހުންނަށް އެ ކަން އަންގަން މިނިސްޓްރީން އަންގާފައެއް ނުވެއެވެ.

ކޮމިޓީއަށް މިނިސްޓަރު މާރިޔާ ވެސް މީގެ ކުރިން ހާޒިރުކޮށްފައިވެއެވެ. އަދިި ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ އާއި އެމްއެމްއޭގެ އިސްވެރިން ހާޒިރުކޮށްފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް