ހުޅުމާލޭގައި ސިފައިންގެ ތަމްރީން މިއަދު ކުރިޔަށް ދާނީ "ސިފްކޯ ހިޔާ" ފްލެޓްގަ

ހުޅުމާލޭގައި މިއަދު ސިފައިންގެ ފަރިތަކުރުންތަކެއް ކުރިއަށްގެންދާނެކަން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ. އެމްއެންޑީއެފްގެ މީޑިޔާ އޮފިޝަލް ވިދާޅުވީ، އުސް އިމާރާތްތަކުގ...

26 Jun 2021 | 07:40

ހުޅުމާލޭގައި މިއަދު ސިފައިންގެ ފަރިތަކުރުންތަކެއް ކުރިއަށްގެންދާނެކަން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.

އެމްއެންޑީއެފްގެ މީޑިޔާ އޮފިޝަލް ވިދާޅުވީ، އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ރެސްކިޔު އޮޕްރޭޝަންތަކަށް އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިޔު ސާވިސް ބޭނުންކުރާ "ޓާނިންގ ޓޭބަލް ލެޑާ ވެހިކަލް" ބޭނުންކޮށްގެން ހުޅުމާލޭގައި ފަރިތަކުރުންތަކެއް ކުރިއަށްގެންދަން ނިންމާފައިވާ ކަމަށެވެ

މި ފަރިތަކުރުންތައް ކުރިއަށް ގެންދާނީ، ހުޅުމާލޭގައި ހުންނަ "ސިފްކޯ ހިޔާ" ފްލެޓްގައެވެ.

މި ފަރިތަކުރުންތައް ކުރިއަށް ދާނީ މިއަދުގެ މެންދުރު ފަހު 01:00ން ހަވީރު 04:00ށް ކަމަަށް މީޑިޔާ އޮފިޝަލް ވިދާޅުވެއެވެ.

އެމްއެންދީއެފް އިން މީގެ ކުރިން ވެސް މި ފަދަ ފަރިތަކުރުންތައް މާލޭ ސަރަހައްދުގައި ކުރިއަށް ގެންގޮސްފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް