މިންތީގެ ހަމަހަމަކަން ގާއިމްކުރުމަށް ޝާހިދު ކުރައްވާ މަސައްކަތަށް އެމެރިކާގެ ތައުރީފު

ފޮރިން މިނިސްޓްރީއާއި، ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކުގެ އިސް މަގާމުތަކުގައި މިންތީގެ ހަމަހަމަކަން ގާއިމްކުރެއްވުމާ ގުޅިގެން އެމެރިކާއިން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދުއަށް މަރުޙަބާ ކިޔައި ތައ...

26 Jun 2021 | 06:07

ފޮރިން މިނިސްޓްރީއާއި، ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކުގެ އިސް މަގާމުތަކުގައި މިންތީގެ ހަމަހަމަކަން ގާއިމްކުރެއްވުމާ ގުޅިގެން އެމެރިކާއިން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދުއަށް މަރުޙަބާ ކިޔައި ތައުރޫފުކުރައްވައިފިއެވެ.

އެމެރިކާގެ ޔޫ.އެސް. އެޖެންސީ ފޮރ އިންޓަނޭޝަނަލް އެއިޑްގެ ވެރިޔާ ސަމަންތާ ޕަވަރ އާއެކު ބުރާސްފަތި ދުވަހު ހަވީރު މިނިސްޓަރ ޝާޙިދު ބޭއްވެވި ވަރޗުއަލް ބައްދަލުވުމުގައި އެކަމަނާ ވަނީ އ.ދގެ އާއްމު މަޖިލީހުގެ ރިޔާސަތަށް ދިވެހިރާއްޖެ ހޮވިފައިވާތީ އެކަމަށްވެސް މަރުޙަބާ ވިދާޅުވެފައެވެ.

މީގެ އިތުރުން، މި ބައްދަލުވުމުގައި މޫސުމީ ބަދަލުތަކާ އަދި ދިވެހިންނަށް ތައުލީމުގެ އިތުރު ފުރުސަތުތައް ހޯދައިދިނުމާ ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ހަމައެހެންމެ ކޯވިޑް-19ގެ ހާލަތުގައި ދިވެހިރާއްޖެއަށް އެމެރިކާއިން ފޯރުކޮށްދެމުންދާ އެހީތެރިކަން ފާހަގަކުރައްވައި، ވަކިން ޚާއްސަކޮށް އެމެރިކާއިން އެންމެ ފުރަތަމަ ވެކްސިން ފޯރުކޮށްދޭ ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނޭތީ އެކަމަށް މިނިސްޓަރ ޝާޙިދު ޝުކުރު އަދާކުރެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް