ރ. ކޮތައިފަރުގައި ހަލުވި ކަމާއި އެކު ކޯވިޑް ފެތުރެނީ

ރ. ކޮތައިފަރުގައި ހަލުވި ކަމާއި އެކު ކޯވިޑް-19 ފެތުރެމުންދާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ބުނެފި އެވެ. އެޗްޕީއޭއިން އެންމެ ފަހުން ރޭ އާންމު ކުރި ތަފާސް ހިސާބު ދައްކާގޮތުން އިއްޔެ ރާ...

26 Jun 2021 | 04:37

ރ. ކޮތައިފަރުގައި ހަލުވި ކަމާއި އެކު ކޯވިޑް-19 ފެތުރެމުންދާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ބުނެފި އެވެ.

އެޗްޕީއޭއިން އެންމެ ފަހުން ރޭ އާންމު ކުރި ތަފާސް ހިސާބު ދައްކާގޮތުން އިއްޔެ ރާއްޖެއިން ކޯވިޑަށް ޕޮސިޓިވްވެފައިވަނީ 266 މީހުންނެވެ. އޭގެ ތެރެއިން 112 މީހުންނަކީ ކޮތައިފަރުން ޕޮސިޓިވްވެފައިވާ މީހުންނެވެ.

އިއްޔެ އެ ރަށުން 100 އަށްވުރެ ގިނަ މީހުން ޕޮސިޓިވްވި ކަމަށް ބުންޏަސް އޭގެ ކުރީ ދެތިން ދުވަހު އެއްވެސް މީހަކު ޕޮސިޓިވްވެފައެއް ނުވެ އެވެ. އެކަމަކު މިދިޔަ ހޯމަ ދުވަހު ތަރައްގީ ކުރަމުންދާ ރަށްތަކުން 43 މީހަކު ކޯވިޑަށް ޕޮސިޓިވްވެފައިވެ އެވެ.

އެޗްޕީއޭއިން ރަސްމީކޮށް ހާމަ ނުކުރި ނަމަވެސް ބެލެވޭ ގޮތުގައި އެއީ އެ ރަށުން ޕޮސިޓިވްވި މީހުންނެވެ. އެހެން ކަމުން މިހާރު އެ ރަށުގައި ޖުމްލަ ޕޮސިޓިވްވެފައި ތިބީ ކިތަން މީހުންކަމެއް އަދި ނޭނގެ އެވެ.

އެޗްޕީއޭއިން ބުނީ އެ ރަށުގައި ޕޮސިޓިވްވި މީހުންނާއި ކޮންޓެކްޓުވި މީހުން ދެނެގަތުމުގެ މަސައްކަތް އެ އަތޮޅު އުނގޫފާޜު ރީޖަނަލް ހޮސްޕިޓަލުން ކުރަމުންދާ ކަމަށެވެ.

ކޮތައިފަރަކީ ރިސޯޓެއް ތަރައްގީ ކުރަމުން އަންނަ ރަށެވެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް