ކޯވިޑް ޖެހިގެން ހއ. ދިއްދޫއިން މީހަކު މަރުވެއްޖެ އެވެ.
މަރުވެފައިވަނީ އުމުރުން 51 އަހަރުގެ ބިދޭސީއެކެވެ. އެމީހާ މަރުވީ އިއްޔެ މެންދުރު 12:50 ހާއިރު އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ބިދޭސީ މީހާއަކީ ބުރާސްފަތި ދުވަހު އެ ރަށުން ކޯވިޑަށް ޕޮސިޓިވްވި މީހަކާއި ކޮންޓެކްޓުވެފައިވާ މީހެކެވެ. \އިއްޔެ އެމީހާ މަރުވި އިރު ބުރާސްފަތި ދުވަހުގެ ރޭ އެމީހާ ކޯވިޑަށް ޓެސްޓުކޮށްފައިވެ އެވެ.
އެމީހާ މަރުވުމުން ޖަނާޒާގެ ކަންކަން ކުރިޔަށް ގެންދިއުން ވަނީ ޓެސްޓުގެ ނަތީޖާ ލިބެންދެން މަޑުކޮށްފައި އެވެ.
ކޮވިޑް ޖެހިގެން ދިއްދޫން މިހާތަނަށް ދެމީހަކު ވަނީ ނިޔާވެފައެވެ.
ކަރަންޓީންގައި ނެތް މީހަކު ދިއްދޫން ކޮވިޑަށް ފައްސިވުމުން އެރަށް މޮނިޓަރިންގެ ހާލަތައް ގެނައީ އިއްޔެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް