ލައިވް ޕްރޮގްރާމެއްގައި ލުބުނާނުގެ ބޮޑުވަޒީރު، އަންހެނަކަށް ކައިވެނި ހުށަހަޅައިފި

ލުބުނާނުގައި ޓީވީން ވަގުތުން ދައްކަމުންދިޔަ ޕްރޮގްރާމެއްގައި އެ ގައުމުގެ ބޮޑުވަޒީރު ސާދު އަލް ހަރީރީ، ޒުވާން އަންހެނަކަށް ކައިވެނި ހުށަހަޅައިފި އެވެ. ހަރީރީ އަންހެނަކަށް ކައިވެނި ހުށަހަޅާފައިވަނީ މިދި...

26 Jun 2017 | 01:08

ލުބުނާނުގައި ޓީވީން ވަގުތުން ދައްކަމުންދިޔަ ޕްރޮގްރާމެއްގައި އެ ގައުމުގެ ބޮޑުވަޒީރު ސާދު އަލް ހަރީރީ، ޒުވާން އަންހެނަކަށް ކައިވެނި ހުށަހަޅައިފި އެވެ.

ހަރީރީ އަންހެނަކަށް ކައިވެނި ހުށަހަޅާފައިވަނީ މިދިޔަ ހަފްތާގެ ބުދަ ދުވަހު ޓީވީން ވަގުތުން ދެއްކި ޕްރޮގްރާމެއްގަ އެވެ. އެ ޕްރޮގްރާމްގައި ހަރީރީ ދެއްވުމަށް ހަމަޖެހިފައިވާ ހިތާބު ދީ ނިންމާލުމަށްފަހު ހަރީރީވަނީ އޯޑިއަންސްގައި އިން އަންހެނަކު ސެޓަށް އައުމަށް ގޮވާލާފަ އެވެ. ކައިވެންޏަށް ހުށަހެޅީ އެއަށްފަހުގަ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ދީނާ ރާވިޝް ނަމަކަށްކިޔާ އެ އަންހެންމީހާއަށް ހަރީރީ ކައިވެނި ހުށަހެޅީ ޅެން ބައިތުތަކެއް އިއްވުމަށްފަހުގަ އެވެ. ކައިވެނި ކުރުމާއިމެދު ދީނާ ދެކެނީ ކިހިނެއްތޯ އެހުމުން ދީނާ ވަނީ ބޮލުގެ އިސާރާތުން އާނއެކޭ ބުނެފަ އެވެ.

ހަރީރީގެ އުމުރުފުޅަކީ 47 އަހަރެވެ. ހަރީރީ މިހާރުވެސް އުޅުއްވަނީ ކައިވެނިބައްލަވައިގެންނެވެ. ދަރިއަކު ނުހުރެ އެވެ. ހަރީރީ ކައިވެނި ހުށަހެޅި ދީނާގެ އުމުރު ކަށަވަރެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް