ސީރިޔާގެ ސަރުކާރާއި ދެކޮޅު ހަނގުރާމަވެރިންގެ ބާރުގަދަ ސިޓީއެއް ކަމުގައިވާ އިދުލީބުގައި ކާރުބޮމެއް ގޮއްވާލައި އިއްޔެ ދިން ހަމަލާއެއްގައި 10 މީހަކު މަރުވެފައިވާކަމުގައި ސީރިޔާގެ ދާހިލީ ހަނގުރާމަ މޮނީޓަރ ކުރަމުން އަންނަ ޖަމާއަތެއް ކަމުގައިވާ ދަ ސީރިއަން އޮބްޒަވޭޓަރީ ފޮރ ހިއުމަން ރައިޓްސް އިން ބުނެފި އެވެ.
އެ ޖަމާއަތުން ހާމަކޮށްފައިވާގޮތުގައި އެ ހަމަލާ ދީފައިވަނީ ތުރުކީ ބޯޑަރު ކައިރިން، އަލް ދާނާ ޓައުންގެ މާރުކޭޓަކަށް އަމާޒުކޮށްގެންނެވެ. އެ ހަމަލާގައި މަރުވި މީހުންގެ ތެރޭގައި 18 އަހަރުން ދަށުގެ ތިން ކުއްޖަކު ހިމެނޭއިރު ހަމަލާގައި ޒަހަމްވި މީހުންގެ އަދަދު 30 އަށްވުރެ މައްޗަށް ގޮސްފައިވާކަމުގައި އެ ޖަމާއަތުން ބުނެ އެވެ.
އިދުލީބަކީ ސަރުކާރާއި ދެކޮޅު ހަނގުރާމަވެރިންގެ ބާރުގަދަ ސަރަހައްދެއް ކަމުގައިވާއިރު އެ ސަރަހައްދުގައި އާއްމު ގޮތެއްގައި މިފަދަ ހަމަލާތައް ދެނީ ސަރުކާރާއި ދެކޮޅު ގްރޫޕްތައް، އެއް ގްރޫޕް އަނެއް ގްރޫޕަށް އަމާޒުކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް