އައިއެސް ޖަމާއަތް ނައްތާލުމަށް އެމެރިކާއިން އިސްވެ އޮވެ ފުޅާ ކޯލީޝަނެއްގެ ތެރެއިން ހިންގަމުން އަންނަ އޮޕަރޭޝަންގައި އިއްޔެއަކީ ބޮޑު ކާމިޔާބީއެއް ލިބުނު ދުވަހެއް ކަމަށާއި އެގޮތުން ރައްގާއިން އައިއެސް ޖަމާއަތް ބޭރުކޮށްލެވިއްޖެ ކަމުގައި އެ ކޯލީޝަނުން ބުނެފި އެވެ.
އެމެރިކާގެ ކޯލީޝަނާއެކު އައިއެސްއާއި ހަނގުރާމަކުރަމުން އަންނަ ދަ ސީރިއަން ޑެމޮކްރެޓިކް ފޯސަސް އިން އައިއެސްއާއިއެކު ހަމަލާ ބަދަލުކުރަން ފަށާފައިވަނީ މީގެ މަހެއްހާ ދުވަސް ކުރިންނެވެ. ރައްގާއިން އައިއެސް ފައްސައިލަން މީގެ ކުރިން އެތައްފަހަރަކު މަސައްކަތް ކޮށްފައިވީނަމަވެސް ކުރިން އެކަން ކާމިޔާބު ވެފައެއް ނުވެ އެވެ.
އިސްލާމީ ވަކި ހިލާފަތެއް އިއުލާނުކޮށް އެ ހިލާފަތު ދެމެހެއްޓުމަށް ހަނގުރާމަކުރަމުން އަންނަ އައިއެސް ޖަމާއަތުން ފާއިތުވި ދެތިން އަހަރުތެރޭގައި އިރާގާއި ސީރިޔާގައި ބޮޑެތި ސަރަހައްދުތަކުގެ ކޮންޓްރޯލް އެ ޖަމާއަތުގެ ބާރުގެ ދަށަށް ގެންގޮސްފައި ވެ އެވެ. ނަމަވެސް މިހާރު އައިއެސް އަށް ނާކާމިޔާބީއާއި ކުރިމަތިވަމުން އަންނަކަމުގައި މުރާސިލުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް