ބަނގުރަލާއެކު ގއ ވިލިނގިލިން ހަތަރު މީހަކު ހައްޔަރު ކޮށްފި

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފުޅިތަކަކާއެކު ގއ ވިލިނގިލިން ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ. ފުލުހުން ބުނީ ގއ.ވިލިނގިލީގައި ބަނގުރާ...

26 Jun 2017 | 00:26

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފުޅިތަކަކާއެކު ގއ ވިލިނގިލިން ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ފުލުހުން ބުނީ ގއ.ވިލިނގިލީގައި ބަނގުރާ ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢްލޫމާތަކާ ގުޅިގެން ގއ.ވިލިނގިލީގައި މަސައްކަތް ކުރާ ފުލުހުން ޖޫން 24 ވަނަ ދުވަހުގެ ރޭ ދަންވަރު ހިންގި މި އޮޕަރޭޝަނުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވަނީ 23 އަހަރުގެ ފިރިހެނަކާއި، 24 އަހަރުގެ ފިރިހެނަކާއި، 27 އަހަރުގެ ފިރިހެނަކާއި، އަދި 28 އަހަރުގެ ފިރިހެނެއް ކަމަށެވެ.

މިމީހުން ދުއްވަމުން ދިޔަ ކާރެއް ހުއްޓުވައި ބަލައިފާސްކުރިއިރު ކާރުގެ ތެރެއިން ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 05 ފުޅި ފެނިފައިވާކަމުގައި ފުލުހުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް