ބޭންކް ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ މުއްދަތު މިމަހު 29 އަށް ހަމަވާނެ

ޖަމިއްޔާތައް ބާރުވެރިކުރުމަށާއި ޖަމިއްޔާތަކުން ހިންގާ ދެމެހެއްޓެނެވި މަޝްރޫއުތަކަށް އެހީތެރިވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ހިންގާ "ބޭންކް ފަންޑް" އަށް ޕްރޮޕޯޒަލް ހުށެހެޅުމުގެ މުއްދަތު 29 މޭ...

26 May 2025 | 16:41

ޖަމިއްޔާތައް ބާރުވެރިކުރުމަށާއި ޖަމިއްޔާތަކުން ހިންގާ ދެމެހެއްޓެނެވި މަޝްރޫއުތަކަށް އެހީތެރިވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ހިންގާ "ބޭންކް ފަންޑް" އަށް ޕްރޮޕޯޒަލް ހުށެހެޅުމުގެ މުއްދަތު 29 މޭ ވާ ބުރާސްފަތި ދުވަހަށް ހަމަވާނެއެވެ.

ބީއެމްއެލް އިން މި އަހަރު ބޭންކް ފަންޑަށް ހުޅުވާލާފައި ވަނީ ނިމިދިޔަ އޭޕްރީލް މަހުގެ 30 ވަނަ ދުވަހުއެވެ. މި ފަންޑުގެ ދަށުން ތައުލީމާއި ތިމާވެއްޓާއި ކުރިވަރު އަދި މުޖުތަމަޢަށް ފައިދާހުރި ޕްރޮޖެކްޓްތަކުގެ ތެރެއިން 5 ޕްރޮޖެކްޓެއް ހޮވައި، ކޮންމެ ޕްރޮޖެކްޓަކަށް 200،000 ރުފިޔާގެ ހިލޭ އެހީ ދޭނެއެވެ.

މި ފަންޑަށް އެދި ހުށަހަޅަންޖެހޭ ފޯމާއި ޕްރޮޕޯސަލް އީމެއިލް މެދުވެރިކޮށް [email protected] އަށް ހުށަހެޅޭނެއެވެ. 29 ވަނަ ދުވަހުގެ ހަވީރު 4:00 ގެ ކުރިން ޕްރޮޕޯޒަލް ހުށަހަޅަންވާނެއެވެ. މިފަންޑަށް އެދި ހުށަހެޅޭނީ ގައުމީ އެސޯސިއޭޝަންތައް ފިޔަވައި ރަޖިސްޓްރީވެފައިވާ ކްލަބް ޖަމިއްޔާތަކަށް އެކަންޏެވެ.

މިއީ ބެންކުން މި ފަންޑަށް ހުޅުވާލި ދެވަނަ އަހަރެވެ. މިދިޔަ އަހަރުވެސް މި ފަންޑުން 5 ޖަމިއްޔާއަކަށް އެހީ ފޯރުކޮށްދީފައި ވެއެވެ.

މުޖުތަމައުތައް ބާރުވެރިކުރުވައި، ދިވެހިރާއްޖޭގެ ތަރައްގީއަށް ކުރަމުންދާ މަސައްކަތްތަކަށް ބީއެމްއެލްއިން އަބަދުވެސް ބޮޑު އަހުމިއްޔަތުކަމެއް ދެއެވެ.

އިތުރު މަޢުލޫމާތު: https://www.bankofmaldives.com.mv/bank-fund

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް