ދިރާގު މާލެ އޯޕަން 2025 – 350 ފެތުންތެރިންނާއެކު ކާމިޔާބުކަމާއެކީ ނިންމާލައިފި

ދިރާގު މާލެ އޯޕަން 2025 ފެތުމުގެ މުބާރާތް ކާމިޔާބުކަމާއެކު ނިންމައިލައިފިއެވެ. ދިރާގުން ބުނެފައިވާގޮތުގައި މިއީ ދިވެހިރާއްޖޭގައި ބޭއްވި އެންމެ ބޮޑު އޯޕަން ވޯޓަރ ސްވިމިންގ މުބާރާތެވެ. 24 މޭ 2025 ވީ ހޮނ...

26 May 2025 | 12:56

ދިރާގު މާލެ އޯޕަން 2025 ފެތުމުގެ މުބާރާތް ކާމިޔާބުކަމާއެކު ނިންމައިލައިފިއެވެ.

ދިރާގުން ބުނެފައިވާގޮތުގައި މިއީ ދިވެހިރާއްޖޭގައި ބޭއްވި އެންމެ ބޮޑު އޯޕަން ވޯޓަރ ސްވިމިންގ މުބާރާތެވެ.

24 މޭ 2025 ވީ ހޮނިހިރު ދުވަހު ސްވިމް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބޭއްވި ދިރާގު މާލޭ އޯޕަން ސްވިމިންގ މުބާރާތަކީ ހުރިހާ އުމުރުފުރާއަކަށް ބައިވެރިވެވޭގޮތަށް ހުޅުވައިލައިގެން ބާއްވައިފައިވާ މުބާރާތެކެވެ. 350 ފެތުންތެރިން ބައިވެރި، 340 އަށްވުރެ ފެތުންތެރިން ރޭސް ފުރިހަމަކުރި މި ފެތުމުގެ މުބާރާތުގެ މަގުސަދަކީ، ރާއްޖޭގައި އޯޕަން ވޯޓަރ ސްވިމިންގ ކުރިއަރުވައި، މި ކުޅިވަރަށް ޝައުގުވެރިކަން އުފެއްދުމުގެ އިތުރުން، ރާއްޖޭގެ ކަނޑުތައް ރައްކާތެރިކުރުމަށް ހޭލުންތެރިކަން އިތުރުކުރުންކަމުގައި ދިރާގުން ބުނެފައިވެއެވެ.

މި މުބާރާތުގައި، އުމުރުން ފަސް އަހަރުން ފެށިގެން 65 އަހަރާ ދެމެދުގެ ފެތުންތެރިން ބައިވެރިވެފައިވެއެވެ. މީގެ ތެރޭގައި، ހާއްސަ އެހީއަށް ބޭނުންވާ ކުދިން ހިމެނޭ ދިވެހިރާއްޖޭގެ ސްޕެޝަލް އޮލިމްޕިކްސް ސްވިމިން ސްކޮޑުގެ 13 ފެތުންތެރިންނާއި ޕެރަލިމްޕިކް ސްވިމިންގް ޓީމުގެ ފެތުންތެރިއަކު ވަނީ ބައިވެރިވެފައިވެއެވެ.

މި މުބާރާތުގެ އެންމެ ހާއްސަ އެއް ފެނިލުމަކަށް ވެގެންގޮސްފައިވަނީ ދުނިޔޭގެ މަޝްހޫރު ފެތުންތެރިޔާ އެޑަމް ވޯކަރގެ ބައިވެރިވުމެވެ. އެޑަމް ވޯކަރ ވަނީ މި އިވެޓުގައި ބައިވެރިވި ފެތުންތެރިންނާ ބައްދަލުކޮށް ހިތްވަރުދީ އޭނާގެ ތަޖުރިބާ ހިއްސާކޮށްފައެވެ.

ދެ ކެޓަގަރީއަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި މުބާރާތުގައި ހިމެނޭ ކެޓަގަރީތަކަކީ، ކޮމްޕެޓިޓިވް އެއް ކިލޯމީޓަރު ކެޓަގަރީ އަދި އަލަށް ފަށާ ފެތުންތެރިންނަށާއި 10 އަހަރުން ދަށުގެ ފެތުންތެރިންނަށް ހާއްސަ ނަން-ކޮމްޕެޓިޓިވް 250 މީޓަރު ކެޓަގަރީއެވެ.

ދިރާގު މާލެ އޯޕަން 2025ގެ ވަނަވަނައަށް ގޮސްފައިވާ ފެތުންތެރިންނަކީ:

10-12 އަހަރާ ދެމެދު ފިރިހެން

  • އެއްވަނަ: އިބްރާހީމް ޔުއާން ޝަމީމް (18:07:11)
  • ދެވަނަ: މިކައިލް ލައެލް ޢަބްދުލްޢަލީމް  (20:24:98)
  • ތިންވަނަ: ނޫމާން މުޙައްމަދު ނަސީފު   (20:25:88)

10-12 އަހަރާ ދެމެދު، އަންހެން

  • އެއްވަނަ: މަރްޔަމް އައިރާ ޝިރްމީލް (18:43:88)
  • ދެވަނަ: ޢައެޝާ ޒަޔާހް ޙުސައިން (21:25:23)
  • ތިންވަނަ: ޢަޝްޔާ އެއިލިޔާ ނާޒިމް(23:00:10)

13 – 14 އަހަރު، ފިރިހެން

  • އެއްވަނަ: އިސްމާޢިލް ހާމް ޙުސައިން (17:19:50)
  • ދެވަނަ: މުޙައްމަދު އަލްޔަން ޝިފާން (17:20:89)
  • ތިންވަނަ: އިބްރާހީމް ޖޫދް ޙުސައިން (17:22:83)

13 – 14 އަހަރު، އަންހެން

  • އެއްވަނަ: އަލްޔާ އަޝްރަފް (18:59:53)
  • ދެވަނަ: މަރްޔަމް މީސަމް ނިޔާޒް (19:06:52)
  • ތިންވަނަ: ދާލިޔާ އައިޑާ ލަޠީފް (20:29:87)

15 – 19 އަހަރު، ފިރިހެން

  • އެއްވަނަ: އިފްޒާލް އިބްރާހީމް މަޙްފޫޒް (15:22:72)
  • ދެވަނަ: ލޫޠު މުޙައްމަދު ޙުސައިން (15:29:17)
  • ތިންވަނަ: ޔޫސުފް ޒިޔާން ޒާހިދު (15:37:33)

15 – 19 އަހަރު، އަންހެން

  • އެއްވަނަ: އަޔާނާ ޢަރީފް (17:19:83)
  • ދެވަނަ: ޢާއިޝަތު އަލީނާ ޝާހިދު (17:21:32)
  • ތިންވަނަ: ލައިބާ ޙަސަން މަނިކު (17:30:97)

20 – 29 އަހަރު، ފިރިހެން

  • އެއްވަނަ: މުބާލް ޢައްޒާމް އިބްރާހީމް (15:18:44)
  • ދެވަނަ: އަޙްމަދު ޝާވީ ރާފިޢު (22:25:25)
  • ތިންވަނަ: -

30 – 39 އަހަރު، ފިރިހެން

  • އެއްވަނަ: މުޙައްމަދު ޢާމިރު (20:36:55)
  • ދެވަނަ: މިންވާލް އިބްރާހީމް (23:05:97)
  • ތިންވަނަ: ޢަބްދުﷲ ޢަބްދުއްރަޙީމް (24:41:58)

40 – 49 އަހަރު، ފިރިހެން

  • އެއްވަނަ: އާދަމް ޢަރީފް (22:27:73)
  • ދެވަނަ: ޙުސައިން އިލްހާމް (23:09:60)
  • ތިންވަނަ: އަޙްމަދު ފިރާސް ޢަފީފް (23:13:49)

50 އަހަރުން މަތި، ފިރިހެން

  • އެއްވަނަ: ޙުސައިން ރިޔާޒް (26:51:69)
  • ދެވަނަ: ޢަބްދުއްޝަކޫރު (27:11:28)
  • ތިންވަނަ: އަޙްމަދު ނިޔާޒް (29:46:44)

މުޅި މުބާރާތުން އެންމެ މޮޅު، ފިރިހެން

  • އެއްވަނަ: މުބާލް ޢައްޒާމް އިބްރާހީމް (15 މިނިޓު 18.44 ސިކުންތު)
  • ދެވަނަ: އިފްޒާލް އިބްރާހީމް މަޙްފޫޒު (15 މިނިޓު 22.72 ސިކުންތު)
  • ތިންވަނަ: ލޫޠު މުޙައްމަދު ޙުސައިން (15 މިނިޓު 29.17 ސިކުންތު)

މުޅި މުބާރާތުން އެންމެ މޮޅު، އަންހެން

  • އެއްވަނަ: އަޔާނާ ޢަރީފު (17 މިނިޓު 19.83 ސިކުންތު)
  • ދެވަނަ: ޢާއިޝަތު އަލީނާ ޝާހިދު (17 މިނިޓު 21.32 ސިކުންތު)
  • ތިންވަނަ: ލައިބާ ޙަސަން މަނިކު (17 މިނިޓު 30.97 ސިކުންތު)

ދިރާގު މާލެ އޯޕަން ސްވިމިންގ ކޮމްޕެޓިޝަން 2025 ގެ މީޑިއާ ޕާޓްނަރަކީ ޕަބްލިކް ސަރވިސް މީޑިއާ (ޕީ.އެސް.އެމް) އެވެ.

ދިރާގަކީ، ރާއްޖޭގައި އެކި ކުޅިވަރުތައް ތަރައްގީކޮށް ކުރިއެރުވުމަށް އަދި ކުޅިވަރު ކުޅޭ ފަރާތްތަކަށް އިތުރު ފުރުސަތުތައް ހޯދައިދިނުމަށް ކުރާ ކަންކަމުގައި އެންމެ ކުރީ ސަފުގައި ބައިވެރިވެ، ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކުންފުންޏެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް