ފޭސްބުކް ލައިވެއްގައި ބަރަހަނާވެ ޖިންސީ އަމަލު ހިންގި މީހާއަކީ ސިކުނޑީގެ އުނިކަމެއް ހުންނަ މީހެއް !

ފޭސްބުކް ލައިވެއްގައި ބަރަހަނާވެ ޖިންސީ އަމަލުތަކެއް ހިންގާ މަންޒަރު ދެއްކި އަންހެން މީހާއަކީ ސިކުނޑީގެ އުނިކަމެއް ހުންނަ މީހެއްކަމަށް އެ ރަށުން ވާހަކަދެއްކި ބައެއް މީހުން ބުނެފިއެވެ. އެ އަންހެން މީހާ...

26 May 2025 | 08:39

ފޭސްބުކް ލައިވެއްގައި ބަރަހަނާވެ ޖިންސީ އަމަލުތަކެއް ހިންގާ މަންޒަރު ދެއްކި އަންހެން މީހާއަކީ ސިކުނޑީގެ އުނިކަމެއް ހުންނަ މީހެއްކަމަށް އެ ރަށުން ވާހަކަދެއްކި ބައެއް މީހުން ބުނެފިއެވެ.

އެ އަންހެން މީހާ ނިސްބަތްވަނީ ރ. އަތޮޅުގެ ރަށަކަށެވެ. ދުވަހަށް މައުލޫމާތު ހިއްސާކުރި، އެ ރަށުން ވާހަކަދެއްކި ބައެއް ފަރާތްތަކުން ބުނީ މި ފަހަކަށް އައިސް އޭނާގެ ފަރާތުން އެފަދަ އަމަލުތަކެއް ފެންނަމުންގޮސްފައިވާކަމަށާއި ރަށުތެރޭގައިވެސް ބަރަހަނާކޮށް އުޅުނު ހާދިސާއެއް ހިނގި ކަމަށެވެ.

"މުޅިން ހަމަ ކަމަށް ގަބޫލުކުރަން ދަތި މިހާރު އޭނާ އުޅޭގޮތުން" އެ ރަށުން ދުވަހަށް މައުލޫމާތު ހިއްސާކުރި ފަރާތަކުން ބުންޏެވެ.

ދުވަހަށް މައުލޫމާތުދެމުން އިއްޔެ ފުލުހުން ބުނެފައިވަނީ މިދިޔަ ހުކުރު ދުވަހު ސޯޝަލް މީޑިއާ ޕްލެޓްފޯމެއްގައި ލައިވްކުރި ވީޑިއޯއެއްގައި ދިވެހި އަންހެނަކު ބަރަހަނާވެ، ޖިންސީ އަމަލުތަކެއް ހިންގާ މަންޒަރުތައް ލައިވްކުރި މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައުމާ ގުޅިގެން އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް