250525 – އިއްޔެ 60 ކައިވެނި ކޮށްދިން އިރު ވަރީގެ 10 މައްސަލަ ހުށަހެޅުނު: ފެމިލީ ކޯޓު

އިއްޔެގެ ރީތި ތާރީހުގައި 60 ކައިވެނި އަގުދުކޮށްދީފައިވާއިރު ވަރީގެ 10 މައްސަލައެއް ހުށަހެޅުނު ކަމަށް ފެމިލީ ކޯޓުން ބުނެފިއެވެ. އެ ކޯޓުން މިއަދު ބުނެފައިވަނީ އިއްޔެ 08 ވަރިއެއް ސާބިތުކޮށްދެވުނު ކަމަށެވ...

26 May 2025 | 07:08

އިއްޔެގެ ރީތި ތާރީހުގައި 60 ކައިވެނި އަގުދުކޮށްދީފައިވާއިރު ވަރީގެ 10 މައްސަލައެއް ހުށަހެޅުނު ކަމަށް ފެމިލީ ކޯޓުން ބުނެފިއެވެ.

އެ ކޯޓުން މިއަދު ބުނެފައިވަނީ އިއްޔެ 08 ވަރިއެއް ސާބިތުކޮށްދެވުނު ކަމަށެވެ.

އިއްޔެގެ ރީތި ތާރީހުކަމުގައިވާ 250525 އަކީ މި އަހަރު އެންމެ ގިނަ ކައިވެނިކޮށްދެވުނު ދުވަސްކަން ފެމިލީ ކޯޓުން ފާހަގަކޮށްފައިވެއެވެ.

ރާއްޖެއަކީ ވަރި ގިނަކަމަށް ދުނިޔެއަށް މަޝްހޫރު ޤައުމެކެވެ. ވަރި ގިނަކަމަށް ދުނިޔޭގެ ރެކޯޑް ފޮތް "ދަ ބުކް އޮފް ވޯލްޑް ގިނިސް ރެކޯޑްސް" ގައިވެސް އެކަން ފާހަގަކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް