ޤަތަރުގެ ވެރިރަށް ދޯހާއިން އަޔަރލެންޑުގެ ވެރިރަށް ޑަބްލިން އަށް ދަތުރުކުރި ޤަތަރު އެއާވޭސްގެ ފްލައިޓެއް ޓާބިއުލެންސެއްގައި ޖެހި ޕަސިންޖަރުންތަކަކަށް އަނިޔާވެއްޖެއެވެ.
އެ އެއާލައިނުން ބުނެފައިވާގޮތުގައި ޓާބިއުލެންސްގައި ޖެހުނީ ތުރުކީގެ މަތިން ދަތުރުކުރަމުންދަނިކޮށެވެ. ޓާބިއުލެންސްގައި ޖެހި ހިނގި ހާދިސާގައި ފްލައިޓުން ދަތުރުކުރި ހަ ކްރޫއަކަށާއި ހަ ފަސިންޖަރުންނަށް އެކުވެރިގެ އަނިޔާ ލިބިފައިވެއެވެ.
ޑަބްލިން އެއާޕޯޓުން ބުނެފައިވާގޮތުގައި ލޭންޑް ކުރަން ތާވަލުކޮށްފައިވާ ގަޑިއަށް ފްލައިޓް ލޭންޑުކުރިއެވެ. އަދި ލޭންޑު ކުރުމާއެކު ސަލާމަތީ ޚިދުމަތްތަކުން ވަނީ ފްލައިޓުގެ ޕަސިންޖަރުންނަށް ޚިދުމަތް ދީފައެވެ.
މިއަދު މިފަދަ ހާދިސާއެއް ހިނގާފައިވާއިރު މިދިޔަ ބުދަ ދުވަހު ސިންގަޕޯރ އެއާލައިންސްގެ ފްލައިޓެއް ޓާބިއުލެންސެއްގައި ޖެހި ހިނގި ހާދިސާއެއްގައި އެކަކު މަރުވެ ގިނަ ބަޔަކު އެނދުމަތިކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް