ދިވެހި ހައްޖުވެރިންނަށް ކެއުމުގައި ދިވެހި ރަހަތައް ހިމަނަން ނިންމައިފި

މި އަހަރު ދިވެހި ހައްޖުވެރިން ހައްޖުގެ އަޅުކަން އަދާކުރާއިރު ލިބޭ ކެއުމުގައި ދިވެހި ރަހަތައް ހިމެނުމަށް ހައްޖު ކޯޕަރޭޝަނުން ނިންމައިފިއެވެ. މިކަން ހާމަކުރައްވައި އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުހ...

26 May 2024 | 11:10

މި އަހަރު ދިވެހި ހައްޖުވެރިން ހައްޖުގެ އަޅުކަން އަދާކުރާއިރު ލިބޭ ކެއުމުގައި ދިވެހި ރަހަތައް ހިމެނުމަށް ހައްޖު ކޯޕަރޭޝަނުން ނިންމައިފިއެވެ.

މިކަން ހާމަކުރައްވައި އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ޝަކީލް ވިދާޅުވީ ޙައްޖުގެ އަޅުކަމުގައި އުޅޭއިރު މިނާ ޓެންޓްގައި ހޭދަކުރާ ދުވަސްތަކަކީ ދިވެހި ޙާޖީން ކެއުމުގައި ބޮޑު ތަކުލީފުތަކެއް އުފުލަމުންދާ ދުވަސްތަކަކަށްވާތީ، އެކަމަށް ޙައްލެއް ހޯދައި ދިނުމުގެ ގޮތުން  މިނާގައި ތިބޭއިރު ދޭ ކެއުމުގައި ދިވެހި ރަހަތައް ހިމެނުމަށް ޙައްޖު ކޯޕަރޭޝަނުން ނިންމާފައިވާކަމަށެވެ.

"އުންމީދަކީ މީގެ ސަބަބުން ކުރިން ދިވެހިން އުފުލަމުންއައި ތަކްލީފަށް ލުޔެއް ލިބިގެން ދިއުން" އެމްޑީ ވިދާޅުވެފައިވެއެވެ.

މި އަހަރު ރާއްޖެއިން 1000 ހައްޖުވެރިން ހައްޖަށް ދާނެއެވެ. އެހެން އަހަރުތަކާ ޚިލާފަށް މި އަހަރު ހައްޖު ކޯޓާ އެކުގައިހެން ދީފައިވަނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަނަށެވެ.

ހައްޖު ދުވަހަކީ ޖޫން މަހުގެ 15 ވަނަ ދުވަހެވެ. ރާއްޖެއިން މި އަހަރު ހައްޖަށްދާ ފުރަތަމަ ގްރޫޕް ފުރާނީ މިމަހުގެ 31 ވަނަ ދުވަހުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް