ޤައުމީ ފެންވަރުގައި އަޟްޙާ ޢީދު ފާހަގަކުރާނެ ތިން ރަސް ކަނޑައަޅައި އެކަން މިނިސްޓްރީ އޮފް ދިވެހި ލޭންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖުން އިޢުލާނުކޮށްފިއެވެ.
އެގޮތުން މިއަދު އެ މިނިސްޓްރީން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވާގޮތުގައި އެ ތިން ރަށަކީ ރ.އުނގޫފާރާއި ދ. ކުޑަހުވަދުއާއި ގއ. ވިލިނގިއްޔެވެ.
އެ ވުޒާރާއިން ކުރިން ބުނެފައިވާގޮތުގައި މި އަހަރުގެ އަޟްޙާ ޢީދު ފާހަގަ ކުރުމަށް ޝައުގުވެރިވާ ރަށްރަށުން އެކަމަށްއެދި ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައި 25 އެޕްރީލްގައި ކުރި އިއުލާނާ އެއްގޮތަށް 26 ރަށަކުން ޕްރޮޕޯޒަލް ހުށަހަޅާފައިވެއެވެ.
ޢީދު ފާހަގަ ކުރުމަށް ޝައުގުވެރިކަން ފާޅުކޮށް ހުށަހެޅި ރަށްތަކަށް ބަލާއިރު، ރާއްޖޭގެ އުތުރުން ހަތް ރަށަކާއި، މެދުރާއްޖެތެރެއިން 10 ރަށަކާއި، ރާއްޖޭގެ ދެކުނުން ނުވަ ރަށަކާއެކު ޖުމްލަ 26 ރަށަކުން ޕްރޮޕޯޒަލް ލިބިފައިވާކަމަށާއި އަދި މީގެއިތުރުން، ބައެއް ރަށްރަށުން އިއުލާނުގައިވާ ސުންގަޑީގެ ފަހުން ހުށަހެޅުންތައް ފޮނުވާފައިވީނަމަވެސް އެ ހުށަހެޅުންތައް ބަލައި ނުގަތުމަށް ނިންމާފައިވާކަމަށްވެސް ބުނެފައިވެއެވެ.
އެ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފަހުން ބުނެފައިވަނީ ވިސްނުން ހުރީ ރާއްޖޭގެ އުތުރާއި މެދު އަދި ދެކުނު ހިމެނޭހެން ތިން ރަށެއް ޚިޔާރު ކުރުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް