ކ. ތުލުސްދުއަށް ބޭލި ކުއްތާއަކަށް އެޓެންޑުވެފައިވާކަމަށް ފުލުހުން ބުނެފިއެވެ.
އެގޮތުން ފުލުހުން ބުނެފައިވަނީ ހިންމަފުށި ބޭރުގައި އޮތް ޔޮޓެއްގައި ފަތުރުވެރިންތަކެއް ގެންގުޅުނު ކުއްޖާއެއް ތުލުސްދުއަށް ބޭލިކަމުގެ ރިޕޯޓު ލިބިގެން ފުލުހުން އެޓެންޑުވިކަމަށެވެ.
އެއަށްފަހު ފުލުހުން ބުނެފައިވަނީ އެ ކުއްތާ މިހާރު ވަނީ އަނބުރާ ޔޮޓަށް ގެންގޮސްފައިކަމަށާއި އެއީ ހުއްދަ ލިބިގެން ރާއްޖެ އެތެރެކޮށްފައިވާ ކުއްތާއެއްކަން އެނގިފައިވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް