ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރިމީހެއްގެ ބަންދަށް 30 ދުވަސް

ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ބަންދަށް 30 ދުވަސް ޖަހައިފިއެވެ. މި މައްސަލައާއި ގުޅިގެން ފިލައިގެން އުޅުނު މީހަކު ހައްޔަރުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ....

26 May 2024 | 06:37

ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ބަންދަށް 30 ދުވަސް ޖަހައިފިއެވެ.

މި މައްސަލައާއި ގުޅިގެން ފިލައިގެން އުޅުނު މީހަކު ހައްޔަރުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. އެމީހާ ފިލުމަށް އެހީތެރިވިކަމުގެ ތުހުމަތުގައިވެސް މީހަކު ހައްޔަރުކޮށްފައިވެއެވެ.

ހައްޔަރު ކޮށްފައިވަނީ ނ. މިލަދޫ/މީޒާން، އަހްމަދު ވިއާމް (27އ) އެވެ. ވިޔާމް ހޯދަންވެސް ފުލުހުން އިއުލާނުކުރިއެވެ.

ވިޔާމް ފިލުމަށް އެހީތެރިވި ކަމަށް ތުހުމަތުކުރެވޭ 29 އަހަރުގެ މީހާގެ ބަންދަށް 12 ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ދީފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް