ދިރާސީ އާ އަހަރު ފެށީ ތައްޔާރުނުވެ: އެމްޑީޕީ

މި އަހަރުގެ ކިޔެވުން ފެށުނު އިރު މިނިސްޓްރީން ވާން ޖެހޭ ތައްޔާރީތައް ވެވިފައި ނެތް ކަމުގައި އިދިކޮޅު ސިޔާސީ ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފިއެވެ. އެ ޕާޓީއިން މިހެން ބުނެފައި...

26 May 2024 | 06:19

މި އަހަރުގެ ކިޔެވުން ފެށުނު އިރު މިނިސްޓްރީން ވާން ޖެހޭ ތައްޔާރީތައް ވެވިފައި ނެތް ކަމުގައި އިދިކޮޅު ސިޔާސީ ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފިއެވެ.

އެ ޕާޓީއިން މިހެން ބުނެފައިވަނީ މިއަދު ފެށުނު ދިރާސީ އާ އަހަރާއި ގުޅޭގޮތުން ނެރުނު ނޫސްބަޔާނެއްގައެވެ.

އެމްޑީޕީން ބުނެފައިވަނީ ސުކޫލުގެ ވަގުތު ކުރުކޮށް އެކި އެކި ބަހަނާ ދައްކައިގެން އެކަން ފޮރުވަން ކުރާ މަސައްކަތް އެ ޕާޓީން ކުއްވެރި ކުރާ ކަމަށެވެ. އަދި ގިނަ ބެލެނިވެރިން ފޮތްތަށް ހަމަނުވެގެން ޝަކުވާ އުފުލަމުން ދާއިރު، ޕްރިންސިޕަލުންނާއި ޓީޗަރުންދަނީ ސްކޫލު ތަކަށް ބޭނުންވާ މުދައްރިސުން ހަމަނުވެގެން ޝަކުވާތައް ކުރަމުން ކަމުގައި އެ ޕާޓީން ވަނީ ބުނެފައެވެ. މިފަދަ ކަމަކާއި ގުޅިގެން މުވައްޒަފަކު ސޯސަލް މީޑިޔާގައި ހިޔާލުފާޅު ކޮށްފިނަމަ އެ މީހަކަށް ފިޔަވަޅު އަޅާނެކަމުގެ ޝަކުވާތަށް އެ ޕާޓީއަށް ލިބެމުން ދާކަމަށް އެ ޕާޓީން އެ ނޫސް ބަޔާނުގައި ބުނެފައި ވެއެވެ.

މީގެއިތުރުން އެމްޑީޕީން ބުނެފައިވަނީ، ދިރާސީ ކަލަންޑަރަށް އެއްވެސް ރޭންވުންތެރިކަމެއް ނެތި އެކި ފަހަރު މަތިން ގެންނަމުންދާ ބަދަލުތަކުގެ ސަބަބުން މިހާރުވެސް ދަރިވަރުންނަށް ފިލާވަޅުތަކުގެ ބޮޑުބައެއް ގެއްލި ދަރިވަރުން އުގެނުމުގައި ބޮޑެތި ގެއްލުން ލިބެމުން ދާކަަމަށެވެ.އަދި ވިއްސާރަ ބަހަނާއަކަށް ހަދާ ފުރަތަމަ ހަފްތާގައި ކިޔަވައިދޭ ވަގުތު ކުރު ކުރުމަކީ ދަރިވަރުންނަށް ލިބޭ އިތުރު ގެއްލުމެއް ކަމަށާއި ކުއްލިއަކަށް ރާވާ ރޭވުން ތަކުން ދަރިވަރުންނާއި ޓީޗަރުނަށް ދިމާވެދާނެ ގެއްލުންތަކުން ސަލާމަތްވުމަށް އެ ޕާޓީން އެދޭ ކަމަށެވެ.

މި ފެށޭ އަހަރު މިނިސްޓްރީން ނިންމާ ނިންމުން ތަކަކީ ހަރުދަނާ ތައުލީމީ ދާއިރާއަށް ފައިދާހުރ،ި ދަރިވަރުންނަށް ގެއްލުން ނުލިބޭނެ ނިމުންތަކަކަށް ހެދުމަށް އެ ޕާޓީން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް