އިއްޔެ ސިނަމާލެ ބްރިޖް ސަރަހައްދުން އޮޔާދަނިކޮށް ފެނުނު ހަށިގަނޑަކީ ބިދޭސީ އަންހެނެއްގެ ހަށިގަނޑު ކަމަށް އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލުން ބުނެފިއެވެ.
ދުވަހަށް މައުލޫމާތުދެއްވަމުން އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެއީ ދިވެއްސެއް ނޫންކަން މިހާތަނަށް ވަނީ ދެނެގަނެވިފައިވާކަމަށާއި އަދި އެމީހާގެ ވަނަވަރު ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އިއްޔެ މެންދުރު 02:00 ހާއިރު ފުލުހުން ބުނެފައިވަނީ ސިނަމާލެ ބްރިޖާ ދިމާ ކަނޑުމަތިން މީހަކު އޮޔާދާކަމަށް އިއްޔެ މެންދުރު 12:35 ހާއިރު ފުލުހުންނަށް ރިޕޯޓުކުރި ކަމަށެވެ.
އަދި އިއްޔެ ހަވީރު 04:15 ހާއިރު ފުލުހުން ބުނެފައިވަނީ އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔައިރުވެސް މީހާ މަރުވެފައިވާކަމަށް އެ ހޮސްޕިޓަލުން ބުނާކަމަށެވެ. އަދި އެއީ އަންހެނެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް