96 ހާހަށްވުރެ ގިނަ ދަރިވަރުންނާއެކު ދިރާސީ އާ އަހަރުގެ ކިޔެވުން ފަށައިފި

96 ހާހަށްވުރެ ގިނަ ދަރިވަރުންނާއެކު މި ހިނގާ 2024 ވަނަ އަހަރުގެ ދިރާސީ އާ އަހަރު މިއަދު ފަށައިފިއެވެ. މި ދިރާސީ އަހަރު ފެށިގެންގޮސްފައިމިވަނީ 96،000 އަށްވުރެ ގިނަ ދަރިވަރުންނާއެކުގައެވެ. އޭގެތެރޭގައި ...

26 May 2024 | 04:39

96 ހާހަށްވުރެ ގިނަ ދަރިވަރުންނާއެކު މި ހިނގާ 2024 ވަނަ އަހަރުގެ ދިރާސީ އާ އަހަރު މިއަދު ފަށައިފިއެވެ.

މި ދިރާސީ އަހަރު ފެށިގެންގޮސްފައިމިވަނީ 96،000 އަށްވުރެ ގިނަ ދަރިވަރުންނާއެކުގައެވެ. އޭގެތެރޭގައި 40،300އެއްހާ އަންހެން ދަރިވަރުންނާ 42،700 އެއްހާ ފިރިހެން ދަރިވަރުން ހިމެނެއެވެ. ސަރުކާރުގެ 217 ސްކޫލެއްގައި 83،000 އެއްހާ ދަރިވަރުން ތަޢުލީމު ހާސިލުކުރަމުންދާއިރު، އޭގެތެރެއިން 17،000 އެއްހާ ދަރިވަރުންނަކީ މާލޭ ސަރަޙައްދުގައި ތަޢުލީމު ހާސިލުކުރާ ދަރިވަރުންނެވެ. ރާއްޖޭގެ ޕްރައިވެޓް ސްކޫލްތަކުގައި އެލް.ކޭ.ޖީ އިން ފެށިގެން ގްރޭޑް 12 އާ ހަމައަށް 13،000 އަށްވުރެ ގިނަ ދަރިވަރުން ތަޢުލީމު ހާސިލުކުރާއިރު، އޭގެތެރެއިން 9،000 ދަރިވަރުން ތަޢުލީމު ހާސިލުކުރަނީ މާލޭ ސަރަހައްދުގައެވެ.

އެޑިއުކޭޝަން މިނިސްޓްރީއިން އިއްޔެ ބުނެފައިވާގޮތުގައި ފެންވަރު ރަނގަޅު ތަޢުލީމެއް ދަރިވަރުންނަށް ފޯރުކޮށްދިނުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރަނީ މުދައްރިސުން ކަމުގައިވާއިރު މި އަހަރު ފެށޭއިރު ސަރުކާރުގެ ސްކޫލުތަކުގައި 12،662 މުދައްރިސުން މަސައްކަތް ކުރައްވާނެއެވެ. އޭގެ ތެރޭގައި ހިމެނެނީ 10،729 ދިވެހި މުދައްރިސުންނާއި 1،933 ބިދޭސީ މުދައްރިސުންނެވެ.

މި ފެށުނު ދިރާސީ އާ އަހަރަކީ ހުރިހާ ދަރިވަރުންނަށާއި މުއްދަރިސުންނާއި ބެލެނިވެރީންނަށް، އަދި ތަޢުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ހުރިހާ ބޭފުޅުންނަށްވެސް އުފާވެރި، ކާމިޔާބު އަހަރަކަށް ވެގެންދިއުމަށް އެ މިނިސްޓްރީއިން އެދެއެވެ.

https://www.facebook.com/dhuvasmv/posts/pfbid0eusYdxsdFhgpWzawusPWQKnVe3HTJPcDZYX4feGV6wwF3FvTqn49v568c9yDn17Dl?__cft__[0]=AZWQkodMtKZZbUFlpWq6aovo8vsUXU05Lfb5SaqHIT6ucQZIbNEGk8Qepe9pS2MiF2r8zKMGeGtqPcQJY5Aep5X7_EexmWtTYWF8MntWPdOq2duSJjt5DmU7iTZNxob2JrZ1uRX1h8e1DGh6Pf9K_ylEET-Yl_waK3IDZoJxz-KXcLRL0G1pKBImvuc2gmguOGncoKRKMzkQQAVnAmSkBXPf&__tn__=%2CO%2CP-R

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް