ވިލިމާލެއިން ގެއްލިގެން ހޯދަމުންދިޔަ ކުޑަ އަންހެން ކުއްޖާ ފެނިފައިވާކަމަށާއި އަދި އޭނާގެ ހާލުވެސް ރަނގަޅުކަމުގައި ފުލުހުން ބުނެފިއެވެ.
ގެއްލިގެން ހޯދަމުން ދިޔައީ ތ. މަޑިފުށި، ނައިޓްރޯސް، އުމުރުން 14 އަހަރުގެ އާއިޝަތު ޒޯޔާ ފިކުރީއެވެ. އެ ކުއްޖާ ގެއްލިގެން ހޯދަމުން އަންނަކަން އިއްޔެ އިޢުލާނުކުރަމުން ފުލުހުން ބުނެފައިވަނީ ގެއްލިގެން ހޯދަމުން އަންނަނީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ކަމަށެވެ.
ފުލުހުން ބުނެފައިވާގޮތުގައި ރޭގެ ވަގުތެއްގައި މި ކުއްޖާ ފެނިފައިވަނީ މާލެއިންނެވެ.
މިދިޔަ 2023 ވަނަ އަހަރުގެތެރޭގައިވެސް ހަމަ މި ކުއްޖާ ގެއްލިގެން ހޯދަން އިއުލާނުކުރި އެވެ.
ފުލުހުން މިއަދު ބުނެފައިވަނީ ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް