ރިޔާސީ އިންތިހާބަށް ފާރިސަށް ތާއީދުކޮށް ސޮއި ހޯދަން ފަށައިފި

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ފާރިސް މައުމޫން ނިކުތުމަށް އެދި ސޮއި ކުރުމުގެ ހަރަކާތެއް ފަށައިފިއެވެ. އެގޮތުން މިއަދާއި މިރޭ މި ހަރަކާތް ހުޅުމާލޭގައި އެބަ ކުރިއަށް ގެންދެއެވެ. ފާރިސަށް ތާއީދުކުރާ...

26 May 2023 | 17:06

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ފާރިސް މައުމޫން ނިކުތުމަށް އެދި ސޮއި ކުރުމުގެ ހަރަކާތެއް ފަށައިފިއެވެ.

އެގޮތުން މިއަދާއި މިރޭ މި ހަރަކާތް ހުޅުމާލޭގައި އެބަ ކުރިއަށް ގެންދެއެވެ. ފާރިސަށް ތާއީދުކުރާ އަދި ފާރިސްގެ ހަރަކާތްތައް ގެނެސްދޭ ޓްވިޓާ އެކައުންޓެއް ކަމުގައިވާ ޓީމް އެމްއާރްއެމް ޓްވީޓާ ހޭންޑަލްގައި މި ހަރަކާތްތަކުގެ ބައެއް ފޮޓޯތައް އަންނަނީ އަޕްލޯޑް ހިއްސާ ކުރަމުންނެވެ.

މި ހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތަކުން ދުވަހަށް މައުލޫމާތުދެމުން ބުނީ މި ހަރަކާތް މިއަދާއި މިރޭ ހުޅުމާލޭގައި ކުރިއަށްދާއިރު މާލެ ވިލިމާލެ އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މި ހަރަކާތް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށެވެ.

https://twitter.com/TeamMRM_/status/1662112843276374016

އެ ފަރާތުން ބުނީ މި ހަރަކާތް ކުރިއަށްގެންދަނީ ފާރިސަށް ތާއީދުކުރާ ފަރާތްތަކެއްގެ އިސްނެގުމުގެ މަތިން ކަމަށެވެ.

ފާރިސަށް ތާއީދުކޮށް ސޮއި ހޯދުމުގެ ހަރަކާތެއް ފަށާފައިވާއިރު ފާރިސްގެ ޕާޓީ، މޯލްޑިވްސް ރިފޯމް މޫވްމަންޓް އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ އުވާލާފައެވެ. އަދި އެ ޕާޓީގެ ނަމުގައި ސިޔާސީ އެއްވެސް ހަރަކާތެއް ދެން ކުރިއަށް ނުގެންދިއުމަށްވެސް ވަނީ އަންގާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް