ރޯޑް ސޭފްޓީ ވީކް ފާހަގަކުރުމުގެ ގޮތުން މިއަދު ހުޅުމާލޭގައި ހިނގާލުމެއް

ކޮންމެ އަހަރަކުވެސް ބައިނަލްއަގުވާމީގޮތުން ފާހަގަކުރާ ރޮޑް ސޭފްޓީ ވީކް ފާހަގަކުރުމުގެ ގޮތުން ހުޅުމާލެ ހޮސްޕިޓަލާއި އަރބަންކޯއިން ގުޅިގެން ހިނގާލުމެއް ބާއްވަން ނިންމައިފިއެވެ. "ރޯޑް ސޭފްޓީ ވޯކް" ގެ ނަމ...

26 May 2023 | 10:43

ކޮންމެ އަހަރަކުވެސް ބައިނަލްއަގުވާމީގޮތުން ފާހަގަކުރާ ރޮޑް ސޭފްޓީ ވީކް ފާހަގަކުރުމުގެ ގޮތުން ހުޅުމާލެ ހޮސްޕިޓަލާއި އަރބަންކޯއިން ގުޅިގެން ހިނގާލުމެއް ބާއްވަން ނިންމައިފިއެވެ.

"ރޯޑް ސޭފްޓީ ވޯކް" ގެ ނަމުގައި މިއަދު ހަވީރު ބާއްވާ މި ހިނގާލުމަކީ ހުޅުމާލެ ހޮސްޕިޓަލް، އަރބަންކޯ، ފުލުހުން އެޗްޕީއޭ އަދި ބައެއް އެހެން އެސްއޯއީތަކުން ވެސް ބައިވެރިވެގެން ބާއްވާ ހަރަކާތެކެވެ. މި ހަރަކާތް ފެށިގެން ކުރިއަށްދާނީ ހުކުރު ދުވަހުގެ ހަވީރު 16:15 ގައި ސިންތެޓިކް ޓްރެކް ސަރަހައްދުން ފެށިގެން ހަވީރު 18:00 ގެ ނިޔަލަށެވެ.

މި އަހަރުގެ ރޯޑް ސޭފްޓީ ސްލޯގަންއަކީ "ރީތިންކް މޮބިލިޓީ" އެވެ. މި ސްލޯގަންއަކީ ހިނގާބިނގާވެ އުޅުމާއި ސައިކަލް ދުއްވުމާއި ޕަބްލިކް ޓްރާންސްޕޯޓަކީ ރައްކާތެރި އަދި ފަސޭހަ ކަމަކަށް ހެދުން ޕްރޮމޯޓްކުރުމަށް ހަދާފައިވާ ސްލޯގަންއެކެވެ.

ރޯޑް ސޭފްޓީ ފާހަގަކުރުމަށް އަރބަންކޯއާ ގުޅިގެން ހަރަކާތެއް ހިންގަމުން އަންނައިރު، އެ ކުންފުނީގެ ފަރާތުން އަންނަނީ މިހާރުވެސް ހުޅުމާލޭގެ މަގުތަކަކީ ރައްކާތެރިތަނަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ހުޅުމާލޭގެ ޕްލޭންގައި ވެސް މަގުތައް ތަރައްގީކޮށްފައިވާނީ ޖާގައިގެ ގޮތުން ތަނަވަސް ހިނގާބިނގާވެ އުޅޭ މީހުންނަށް އަދި ދުއްވާ އެއްޗިއްސައްވެސް ފަސޭހަވާނެ ގޮތަށެވެ. މީގެ އިތުރަށް މަގުތަކުގައި ބަސް، ބައިސްކަލު، އަދި ސައިކަލަށް ލޭންތައް ވަކިކޮށް، ހިނގާ މީހުންނަށް ޕޭމަންޓުތައް ފަސޭހައި ބޭނުންކުރެވޭނެ މަގުވެސް އެ ކުންފުނިން ހަދާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް