މަކުނުދޫ އަލިފާނުގެ ހާދިސާ: ގުދަނާއި ބަދިގެއަށް ބޮޑެތި ގެއްލުންތަކެއް ލިބުނު

ރޭގައި ހދ. މަކުނުދޫގައި ހިނގި އަލިފާނުގެ ހާދިސާގައި މީހަކަށް އަނިޔާއެއް ނުވި ނަމަވެސް އަލިފާން ރޯވި ގޭގެ ގުދަނާއި ބަދިގެއަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމުގައި އެމްއެންޑީއެފުން ބުނެފިއެވެ. އެމްއެން...

26 May 2023 | 07:30

ރޭގައި ހދ. މަކުނުދޫގައި ހިނގި އަލިފާނުގެ ހާދިސާގައި މީހަކަށް އަނިޔާއެއް ނުވި ނަމަވެސް އަލިފާން ރޯވި ގޭގެ ގުދަނާއި ބަދިގެއަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމުގައި އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނެފައިވަނީ އެ ރަށު އަލްފާ ގޭގައި ރޯވި އަލިފާން ނިއްވުމުގައި އެ ރަށު ކައުންސިލާއި ރައްޔިތުންނާއެކު އެ ރަށުގައި ގާއިމްކޮށްފައިހުންނަ ރާޑަރ ސްޓޭޝަނުގައި މަސައްކަތްކުރި ސިފައިން ހަރަކާތްތެރިވި ކަމަށެވެ.

އަލިފާނުގެ މި ހާދިސާ ހިނގާފައިވަނީ ރޭ 08:30 ހާއިރުގައެވެ. އަލިފާން ރޯވީ އެ ގޭގައި ގުދަނެއްގެ ގޮތުގައި ބޭނުންކުރަމުންދިޔަ ބައެއްގައެވެ. ގުދަނާއި އިންވެގެން އެ ގޭގެ ބަދިގެ ހުންނައިރު މީހުން ދިރިއުޅޭ ބައި ހުންނަނީ ވަކިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް