ކ. ކުޑަގިރީގައި ސްޓެލްކޯއިން ކަރަންޓު ނެޓްވޯކް އަޅަން ފަށައިފި އެވެ.
ކުޑަގިރި އަކީ މާލެ އާއި މާލެ ކައިރި ރަށްރަށުގައި ދިރިއުޅޭ މީހުން ޕިކްނިކް ދިއުމަށް ހާއްސަކޮށް ހިއްކާފައިވާ ރަށެކެވެ. މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.
ސްޓެލްކޯއިން ބުނީ އެ ކުންފުނިން އެ ރަށުގައި ކުރުމަށް ހަވާލުވެފައިވަނީ ކަރަންޓް ޑިސްޓްރިބިއުޝަން ނެޓްވޯކާއެކު، އެ ރަށުގެ މަގުތަކުގައި ބައްތި ޖެހުމުގެ މަސައްކަތް ކަމަށެވެ. ކަރަންޓް ޑިސްޓްރިބިއުޝަން ނެޓްވޯކް އެޅުމަށްޓަކައި ކުޑަގިރީގައި 3،000 މީޓަރުގެ ކޭބަލް ވަޅުލަން ސްޓެލްކޯ އިން ވަނީ ނިންމައިފަ އެވެ.
ސްޓެލްކޯއިން ބުނީ އެ ރަށުގައި ބޭނުންކުރާ ކަރަންޓުގެ ބޮޑު ބައެއް، އިޔާދަކުރަނިވި ހަކަތައިން އުފެއްދުމަށްޓަކައި ދިރާސާ ކުރަމުން އަންނަ ކަމަށެވެ. މިހުރިހާ މަސައްކަތެއް15 ދުވަސް ތެރޭގައި ނިންމާލުމަށް އަމާޒު ހިފާފައިވާ ކަމަށް މައުލޫމާތުދެ އެވެ.
ކުޑަގިރި ހެދުމުގެ މަޝްރޫއު ހަވާލު ކޮށްފައިވަނީ އެމްޓީސީސީ އާއި އެވެ. އެ ކުންފުނިން ދަނީ ސަރުކާރުގެ ކަމާ ގުޅުން ހުރި އެ ކުންފުނިތަކާއި މަސައްކަތްތައް ހަވާޅުކޮށްގެން އެރަށުގެ މަޝްރޫއު ނިންމަމުންނެވެ.
އެ މަޝްރޫއު އެމްޓީސީސީ އާއި ހަވާލު ކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.
މިއީ 41 މިލިއަން ރުފިޔާގެ މަޝްރޫއު އެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް