މަހާނަތަކުގެ މަތީގައި ރޭނުމާއި ޒީނަތްތެރިކުރުން ހުއްޓުވަން އިސްލާމިކް މިނިސްޓްރީން އަންގައިފި

މަހާނަތަކުގެ މަތީގައި ރޭނުމާއި ޒީނަތްތެރިކުރުން ހުއްޓުވަން އިސްލާމިކް މިނިސްޓްރީން މާލޭ ސިޓީ ކައުންސިލްއަށް އަންގައިފި އެވެ. މިގޮތަށް އެންގީ މިނިސްޓްރީން މާލޭ ސިޓީ ކައުންސިލަށް ފޮނުވި ސިޓީއެއްގައި އެވ...

26 May 2022 | 13:43

މަހާނަތަކުގެ މަތީގައި ރޭނުމާއި ޒީނަތްތެރިކުރުން ހުއްޓުވަން އިސްލާމިކް މިނިސްޓްރީން މާލޭ ސިޓީ ކައުންސިލްއަށް އަންގައިފި އެވެ.

މިގޮތަށް އެންގީ މިނިސްޓްރީން މާލޭ ސިޓީ ކައުންސިލަށް ފޮނުވި ސިޓީއެއްގައި އެވެ.

އެ ސިޓީގައި ބުނެފައިވާގޮތުގައި މިހާރަކަށް އައިސް ބައެއް ގަބުރުސްތާނުތަކުގެ މަހާނަތައް ޒީނަތްތެރިކޮށް މަހާނަތަކުގައި ގާފޮޅު ޖެހުމާއި ރާނާ ހަދާކަމުގެ ޝަކުވާ މިނިސްޓްރީއަށް ދަނީ ލިބެމުންނެވެ.

އެ ސިޓީގައި ބުނީ ގަބުރުސްތާނަކީ އިސްލާމީ ޝަރީއަތުގައި ވަރަށް ބޮޑަށް ޙުރުމަތްތެރި ކުރައްވާފައިވާ ތަނެއް ކަމަށެވެ. އެހެން ކަމުން މަހާނަތަކަށް އިހުމާލުވެ، ހުރުމަތް ކެނޑޭ ފަދަ އެއްވެސް އަމަލެއް ކުރުމަކީ ހުއްދަވެގެންވާ ކަމެއް ނޫން ކަމަށެވެ.

ޒީނަތްތެރިކަމުގެ ގޮތުން ރާނާ ހެދުމަކީ ވެސް އިސްލާމް ދީނުގައި އޮންނަ ކަމެއް ނޫން ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.

މިކަމަށް މިނިސްޓްރީން އެންގީ ދުވަހު ނޫސް "މިހާރު" ގައި އިއްޔެ ޖެހި އާޓިކަލް އަކާއި ގުޅިގެންނެވެ. އެނޫހަށް މައުލޫމާތު ދީފައިވާ އާސަހަރާގެ ޖަމާއަތްތެރިން ވަނީ އެތަނުގެ ބައެއް ޖަމާއަތްތެރިން އާއިލާތަކުން ފައިސާ ހޯދައިގެން މަހާނަތަކަށް ވެލި އަޅައިދީ ޒީނަތްތެރި ކުރުމުގެ ގޮތުން ތަފާތު ގޮތްގޮތަކަށް ރާނައި ހަދަމުންދާ ކަމަށް ބުނެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް