ތ. ގުރައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ނިންމާލައިފި އެވެ.
މި މަޝްރޫއު ކުރިޔަށް ގެންދިޔައީ އެމްޓީސީސީންނެވެ.
އެ ކުންފުނިން ބުނީ މި މަޝްރޫއުގެ ދަށުން18،086 ކިއުބިކް މީޓަރު ސަރަހައްދެއްގެ ބަނދަރު ސަރަހައްދެއްގެ ބަނދަރ ުފުންކޮށްފައި ވެ އެވެ.6399 ކިއުބިކް މީޓަރު ސަރަހައްދެއްގެ ނެރު ފުންކޮށްފައިވެ އެވެ.
329 ސަރަހައްދެއްގައި އެއްގަމު ތޮށީ ލައި،208 މީޓަރު ސަރަހައްދެއްގައި ބޭރު ތޮށި ލާފައިވެ އެވެ. އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން125 މީޓަރު ސަރަހައްދެއްގައި ރިވެޓްމެންޓު ޖަހައި،19 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖަހާފައިވެ އެވެ.
މި މަޝްރޫއުގެ ދަށުން1710 ސަރަހައްދެއްގައި ޕޭވްމަންޓު ހެދައި މަގުބައްތި ހަރުކޮށްފައިވެ އެވެ.
މިއީ46.1 މިލިއަން ރުފިޔާގެ މަޝްރޫއު އެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް