ހަށި ވިއްކުމަކީ ހުއްދަ ކަމެއް އިންޑިއާގެ ސުޕްރީމް ކޯޓުން ކަނޑައަޅައިފި އެވެ.
ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ ހަށި ވިއްކުމަކީ އާމްދަނީ ހޯދަން ބަޔަކު ކުރަމުންދާ މަސައްކަތެއް ކަމަށެވެ. ކޮންމެ މީހަކަށްވެސް އެމީހުން ކުރަން ބޭނުންވާ މަސައްކަތެއް ކޮށްގެން ދިރިއުޅުމުގެ މިނިވަންކަން އޮންނާނެ ކަމަށް ހުކުމުގައިވެ އެވެ.
އެފަދަ މީހުން ހައްޔަރު ކުރުމުގެ ފުރުސަތާއި ހަށި ވިއްކައިގެން އެމީހުންގެ މައްސަލަ ތަހުގީގު ކުރުމުގެ ފުރުސަތު އިންޑިއާގެ ގާނޫނުތަކުން ފުލުހުންނަށް ނެތް ކަމަށް ކޯޓު އަމުރުުގައިވެ އެވެ. އަދި އެމީހުންނަށް ފުރައްސާރަ ކޮށް މަލާމަތް ކުރުމުގެ ފުރުސަތު ފުލުހުން ފަހިކޮށްދީގެން ނުވާނެ ކަމަށާއި އެފަދަ އަމަލުތައް ހުއްޓުވަން ޖެހޭނެ ކަމަށް ބުނެ އެވެ.
އެކަމަކު ހަށި ވިއްކާ މީހުންނަކީ އުމުރުން 18 އަހަރުވެފައިވާ ބޮޑެތި މީހުންނަށްވާން ޖެހޭނެ ކަމަށާއި އެމީހުން އެކަން ކުރަނީ އަމިއްލަ އިހުތިޔާރުގައި ކަމަށް ވާން ޖެހޭނެ ކަމަށް ބުނެ އެވެ. އެ މީހުންނަށް އިހުތިރާމާއި އެކު މުއާމަލާތްކޮށް އަމަލު ކުރަން ޖެހޭނެ ކަމަށްވެސް ހުކުމުގައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ހަށި ވިއްކާ މީހުންނަށް ލިބޭ ދަރިން މަންމަ އާއި ދުރު ނުކުރުމަށް ކޯޓު ހުކުމުގައިވެ އެވެ. އެކަމަކު ހަށި ވިއްކާ މާހައުލެއްގައި ދަރިން ގެންގުޅެގެން ނުވާނެ ކަމަށްވެސް ހުކުމުގައި ބުނެފައިވެ ވެއެވެ.
އިންޑިއާއިން މި ފަހުގެ އަހަރު ތަކުގައި ދަނީ މިނިވަން ކަމުގެ ނަމުގައި ގިނަ ކަންތައްތަކެއް ހުއްދަ ކުރަމުންނެވެ. އެގޮތުން އެމީހުންގެ ސަގާފަތާއި މުޅިން ދެކޮޅު އެއް ޖިންސުން ކައިވެނި ކުރުމުގެ ހުއްދަވެސް މީގެ ދެ އަހަރު ކުރިން ދީފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް