ޅ. މާބިންހުރާ ނެރަށް ދޯންޏެއް އުރިއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ ހާދިސާގެ ރިޕޯޓު ކުރީ ހެނދުނު 11:55 ހާއިރު ކަމަށެވެ.
މި ހާދިސާގައި އުރުނީ "އުންމީދު" ނަމަކަށް ކިޔާ ދޯންޏެކެވެ.
އެމްއެންޑީއެފުން އާންމުކޮށްފައިވާ ފޮޓޯ އާއި ވީޑިއޯއިން ފެންނަ ގޮތުގައި ނެރަށް އުމުރުގެ ސަބަބުން ދޯނި އޮތީ އެއް ފަރާތަށް އަރިވެފައި އެވެ.
ހާދިސާ ހިނގި އިރު ދޯނީގެ ތިބި މީހުންގެ އަދަދާއި އެމީހުންގެ ހާލާއި ގުޅޭގޮތުން އަދި އެއްޗެއް ހާމައެއް ނުކުރެ އެވެ.
އިއްޔެ ވަނީ މަލޭ ކައިރީ ކަނޑުމަތިން ސަފާރީ އަކާއި މުދާ އުފުލާ ދޯންޏެއް ޖެހި އެކްސިޑެންޓެއް ހިނގާފަ އެވެ. މި އެކްސިޑެންޓުގައި ދޯނި ފަޅައިގެން ދިޔަ އެވެ.
އަދި އެމްއެންޑީއެފްގެ އެހީތެރިކަމާއި އެކު ދޯނި މާލެ ފަޅަށް ވެއްދި ފަހުން ވަނީ އަޑިއަށް ގޮސްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް