އިންޑީއާ ސިފައިން ރާއްޖޭ ބަޑި ގުދަނަށް ވަތް ވާހަކަ ދޮގުކޮށްފި

ރާއްޖޭގެ ސިފައިންގެ ބަޑި ގުދަނަށް އިންޑިއާ ސިފައިން ވަތް ކަމަށް ބުނާ ވާހަކަ އެމްއެންޑީއެފުން ދޮގުކޮށްފި އެވެ. އެތަނަށް އިންޑިއާ ސިފައިން ވަތް ކަމަށް ބުނެ ވާހަކަ ދެއްކެވީ އެމްއެންޑީއެފްގެ ކުރީގެ އިސް ވ...

26 May 2022 | 08:04

ރާއްޖޭގެ ސިފައިންގެ ބަޑި ގުދަނަށް އިންޑިއާ ސިފައިން ވަތް ކަމަށް ބުނާ ވާހަކަ އެމްއެންޑީއެފުން ދޮގުކޮށްފި އެވެ.

އެތަނަށް އިންޑިއާ ސިފައިން ވަތް ކަމަށް ބުނެ ވާހަކަ ދެއްކެވީ އެމްއެންޑީއެފްގެ ކުރީގެ އިސް ވެރިއަކު ކަމަށް ރިޕޯޓުތައް ބުނެ އެވެ. އޭނާ ވިދާޅުވެފައިވަނީ ބަޑި ގުދަނަށް ވަދެ އެތަނުގަ ހުރި ހަތިޔާރުތަކުގެ އަދަދުތައް އިންޑިއާ ސިފައިން ބަލާފައިވާ ކަމަށެވެ.

މި ވާހަކަތަކާއި ގުޅިގެން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ވިދާޅުވީ އެއީ ސައްހަ މައުލޫމާތެއް ނޫން ކަމަށެވެ.

އޭނާ ވިދާޅުވީ ބަޑިގުދަނަށް އިންޑިއާ ސިފައިން ވަދެފައި ނުވާ ކަމަށެވެ. އަދި ނުވެސް ވައްދާނެ ކަމަށެވެ. އިންފޮމޭޝަން އޮފިސަރު ވިދާޅުވީ ސިފައިންގެ ހަތިޔާރުތަކާއި މުހިންމު އާލާތްތަކުގެ ތަފްސީލަކީ އެއްވެސް ފަރާތަކަށް ދެވޭނެ މައުލޫމާތެއް ނޫން ކަމަށެވެ.

އެކަމަކު ސިފައިންގެ ހަތިޔާރުގެ ތަމްރީނާއި ހަތިޔާރު ހޯދުމާއި ހަތިޔާރާއި ގުޅޭ ޓެކްނިކަލް ސަޕޯޓު ބޭރު ގައުމުތަކުގެ އެހީގައި ހިންގާ ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެއީ ސިފައިންގެއިން އަބަދުވެސް ކުރަމުންދާ ކަމެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް