އިއްލެގެ "ބިރުވެރި ވާހަކަ"ގެ ޓްރެއިލާ ނެރެފި، ފެންނަނީ ހުސް ބިރުވެރިކަން!

އައި ފިލްމްސްގެ ކުރިޔަށް އޮތް ޑްރާމާ ސިލްސިލާ “ބިރުވެރި ވާހަކަ”ގެ ޓްރެއިލާ ނެރެފި އެވެ. އައި ފިލްމް އަކީ މަޝްހޫރު ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ)ގެ ޕްރޮޑަކްޝަން ހައުސް އެވެ. މި ފިލްމުގެ ޑައިރެކް...

26 May 2022 | 06:21

އައި ފިލްމްސްގެ ކުރިޔަށް އޮތް ޑްރާމާ ސިލްސިލާ “ބިރުވެރި ވާހަކަ”ގެ ޓްރެއިލާ ނެރެފި އެވެ.

އައި ފިލްމް އަކީ މަޝްހޫރު ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ)ގެ ޕްރޮޑަކްޝަން ހައުސް އެވެ. މި ފިލްމުގެ ޑައިރެކްޓަރަކީވެސް އޭނާ އެވެ.

ޓްރެއިލާގައި ފެނިގެންދަނީ ކުރިން ރިލީޒްކުރި ޓީޒާއިން ފެނިގެން ދިޔަ ފަދަ ބިރުވެރި މަންޒަރުތަކެކެވެ. ޓްރެއިލާގައި ވަނީ ތަފާތު ފަސް ވާހަކައެއް ކިޔައިދޭނެކަން ބުނެދީފަ އެވެ. އަދި އެ ހުރިހާ ވާހަކަތަކެއް އެއް ވާހަކަ އަނެއް ވާހަކައާ ގުޅިފައިވާނެ ކަމަށް ޓްރެއިލާ ބަލާލުމުން އެނގެ އެވެ.

އެ ޓްރެއިލާގައި ބުނީ އެއީ ފެށުން ކަމަށެވެ.

މިއީ ދިރާގު ޓީވީ އާއި ގުޅިގެން އައި ފިލްމްސްއިން އުފައްދާ ފިލްމެކެވެ. ދިރާރު ޓީވީން ދައްކާ މި ސިލްސިލާ ދައްކަން ފަށާނީ އަންނަ މަހުގެ ތިން ވަނަ ދުވަހު އެވެ.

https://www.youtube.com/watch?v=KuAeqkSpnpg&feature=youtu.be

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް