ހައި ކޯޓާށް ފަނޑިޔާރަކު ހޯދަން އިއުލާނުކޮށްފި

ހައިކޯޓަށް ފަނޑިޔާރަކު ހޯދަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއުލާނުކޮށްފި އެވެ. އެ ކޯޓަށް ފަނޑިޔާރަކު ހޯދަން އިއުލާނު ކޮށްފައި ވަނީ ފަނޑިޔާރު އަލީ ސަމީރު އެ ކޯޓުން އިސްތިއުފާ ދެއްވުމުންނެވ...

26 May 2022 | 05:46

ހައިކޯޓަށް ފަނޑިޔާރަކު ހޯދަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއުލާނުކޮށްފި އެވެ.

އެ ކޯޓަށް ފަނޑިޔާރަކު ހޯދަން އިއުލާނު ކޮށްފައި ވަނީ ފަނޑިޔާރު އަލީ ސަމީރު އެ ކޯޓުން އިސްތިއުފާ ދެއްވުމުންނެވެ. އޭނާ އިސްތިއުފާދެއްވީ މިދިޔަ މަހުގެ17 ވަނަ ދުވަހު އެވެ.

ޖޭއެސްސީން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ޖޫން މަހުގެ 09 ވަނަ ދުވަހު 13:00 އާއި ހަމައަށް އޮންނާނެ ކަމަށެވެ.

އީމެއިލް މެދުވެރިކޮށް ފަނޑިޔާރުކަމަށް އެދި ހުށަހަޅާ ފޯމާއި ލިޔުންތައް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ކޮމިޝަންގެ ރަސްމީ އީމެއިލް އެޑްރެހަށް ([email protected]) އީމެއިލް ކުރުމުން ފޯމް ބަލައިގަންނާނެ ކަމަށް އިއުލާނުގައި ވެއެވެ.

ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެވޭނީ އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީޢާގެ ރޮނގުން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައި ވުމާއިއެކު ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި މަދުވެގެން ފަސް އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވާ ފަރާތްތަކަށެވެ.

ހައިކޯޓުގެ ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވި ސަމީރު މިހާރު ހުންނެވީ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް