ޓޫރިޒަމް ކުރިއަރުވަން ސައުދީގައި ގާނޫނު ބަދަލުކޮށްގެން ބަނގުރާ ނުވިއްކާނެ: ޕްރިންސަސް ހައިފާ

ސައުދީ އަރަބިއްޔާގައި ބަނގުރާ ވިއްކުމުގެ ވިސްނުން ނުގެން ގުޅޭކަމަށް އެ ގައުމުގެ ސަރުކާރުން ހާމަކޮށްފި އެވެ. މިހާރު ކުރިޔަށްދާ ވޯލްޑް އިކޮނޮމިކް ފޯރަމްގައި ވާހަކަދައްކަވަމުން ސައުދީގެ ޓޫރިޒަމް މިނިސްޓަ...

26 May 2022 | 05:11

ސައުދީ އަރަބިއްޔާގައި ބަނގުރާ ވިއްކުމުގެ ވިސްނުން ނުގެން ގުޅޭކަމަށް އެ ގައުމުގެ ސަރުކާރުން ހާމަކޮށްފި އެވެ.

މިހާރު ކުރިޔަށްދާ ވޯލްޑް އިކޮނޮމިކް ފޯރަމްގައި ވާހަކަދައްކަވަމުން ސައުދީގެ ޓޫރިޒަމް މިނިސްޓަރުގެ އެސިސްޓެންޓް ޕްރިންސަސް ހައިފާ ބިންތް މުހައްމަދު ވިދާޅުވީ ޓޫރިޒަމް ކުރިއަރުވަން ސައުދީގައި ބަނގުރާ ނުވިއްކާނެ ކަމަށެވެ. އޭނާ ވިދާޅުވީ މީގެ ކުރިންވެސް ސައުދީ ސަރުކާރުން ވަނީ އެކަމުގައި އެ ގައުމުން ގެންގުޅޭ އަދި ނިންމާފައިވާ ސިޔާސަތު ހާމަކޮށްފައި ކަމަށާއި އެ ނިންމުމަށް ބަދަލެއް ނާންނާނެ ކަމަށެވެ.

ޕްރިންސަސް ހައިފާ ވިދާޅުވީ ބަނގުރަލާއި ނުލާއި ޓޫރިޒަމް ރަނގަޅު މިސްރާބުގައި ދަތުރު ކުރަމުންދާ ކަމަށެވެ. އަދި މުޅިން އާ އެއްޗެސް ތައާރަފު ނުކުރި ނަމަވެސް ސައުދީގެ އެކި ސަރަހައްދުގައި ޓޫރިސްޓުން ބަލާ ހިތްވާނެ ތަންތަނާއި ކުރާނެ ކަންކަން އެބަހުރި ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ ޓޫރިޒަމް ކުރިއަށް ގެންދިއުމުގައި ސައުދީ އަރަބިއްޔާއިން މަސައްކަތް ކުރާނީ މިހާރު ހެދިފައި ހުރި ގާނޫނުތަކާ އެއްގޮތަށް ކަމަށެވެ.

ސައުދީ އަރަބިއްޔާގައި، ޔުނެސްކޯއިން ކަނޑައަޅާފައިވާ ދުނިޔޭގެ ހެރިޓޭޖް ލިސްޓުގައި ހިމެނޭ ހަ ސައިޓް އެބައޮތެވެ. އޭގެ ތެރޭގައި ރަތްކަނޑާއި، ގިނިސް ބުކް އޮފް ވޯލްޑް ރެކޯޑު އޮންނަ ތޯއިފް ރޯސް ފެސްޓިވަލް ހިމެނެ އެވެ.

ސައުދީން ޓޫރިސްޓު ވިސާ ދޫކުރަން ފެށީ 2019 ވަނަ އަހަރުގެ އެވެ. ޓޫރިސްޓު ވިސާ ދޫކުރަން ފެށި ފުރަތަމަ ހަމަސްތެރޭގައި 400،000 އަށްވުރެ ގިނަ ވިސާ ދޫކޮށްފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް