ބައިވެރިވާ މީހުންގެ އަދަދުން ފެންނަނީ އިންޑިއާ އައުޓަށް ތާއީދު ނެތް މަންޒަރު ކަމުގައި މަޖިލީހުގެ ރައީސް،ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ "ބާކީނުވޭ" މި ހޭޝްޓެގާއެކު ކުރެއްވި ޓްވީޓެއްގައެވެ.
އެމަނިކުފާނުގެ ޓްވީޓްގައި ވިދާޅުވެފައިވަނީ ސިޔާސީ ވެރިންގެ ސިޔާސީ ބޭނުމަށްޓަކައި ދިވެހިން ބާކީވެ ނިކަމެތިވާނެ ކަންކަން ނުކުރުމަށް ހުރިހާ ސިޔާސީ ވެރިންވެސް ވިސްނަން ވާނެ ކަމަށެވެ.
'އިންޑިއާ އާ ދެކޮޅަށް ހިންގާ ކެމްޕޭނަކީ ދިވެހިންގެ ތާއީދު އޮތްކަމެއް ނޫންކަން ހާމަވަނީ އެކަމުގައި ބައިވެރިވާ މީހުންގެ މަދުކަމުން" ރައީސް ނަޝީދު ވިދާޅުވިއެވެ.
https://twitter.com/MohamedNasheed/status/1529670512049532930?t=Na_wrHMJgAuPV6WSAUKyQg&s=19
އިންޑިއާ އައުޓް ކެމްޕޭނަކީ ރާއްޖޭގައި އެކި ކަންކަމުގައި ތިބި އިންޑިއާ ސިފައިން ބޭލުމަށާއި ރާއްޖެ އިންޑިއާގެ ދަށު ނުވުމަށް ގޮވާލައި އިދިކޮޅުން ކުރިއަށް ގެންދާ ކެމްޕޭނެކެވެ. މި ކެމްޕޭނު ލީޑުކުރައްވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް