އަފްޣާނިސްތާނުގެ އެއާޕޯޓްތައް އޮޕަރޭޓް ކުރަން ޔޫއޭއީއަށް

ތާލިބާނުންގެ ވެރިކަމެއް މިހާރު އޮތް، އަފްޣާނިސްތާނުގެ އެއާޕޯޓްތައް ހިންގަން އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އާއި ހަވާލުކޮށްފިއެވެ. މިކަން ތާލިބާނުން އިއުލާނުކޮށްފައިވާއިރު ޔޫއޭއީންވެސް ވަނީ މިކަން ހ...

26 May 2022 | 02:49

ތާލިބާނުންގެ ވެރިކަމެއް މިހާރު އޮތް، އަފްޣާނިސްތާނުގެ އެއާޕޯޓްތައް ހިންގަން އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އާއި ހަވާލުކޮށްފިއެވެ.

މިކަން ތާލިބާނުން އިއުލާނުކޮށްފައިވާއިރު ޔޫއޭއީންވެސް ވަނީ މިކަން ހާމަކޮށްފިއެވެ.

ޔޫއޭއީއިން އަފްޣާނުގެ އެއާޕޯޓްތައް ހިންގަން ހަވާލުވީ އެކަމަށް ހުޅުވާލި ފުރުސަތުގެ ބިޑު ކާމިޔާބުކޮށްގެންނެވެ. އެ ބިޑުގައި ތުރުކީއާއި ގަތަރުންވެސް ވާދަކުރިއެވެ.

އާ، މި ބަދަލާއެކު އަފްޣާނުގެ މައި ތިން އެއާޕޯޓް އޮޕަރޭޓު ކުރާނީ އެކުވެރި އަރަބި އިމާރާތުންނެވެ.

ތާލިބާނުންގެ ވެރިކަމެއް އަފްޣާނުގައި ގާއިމުކޮށްފައިވަނީ މިދިޔަ އަހަރުގެ އޯގަސްޓްމަހު އެ ގައުމުގައި ތިބި އެމެރިކާގެ ފައުޖު އެ ގައުމުން ފޭބި ހިސާބުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް