ކޮވިޑްގައި މިއަދުގެ ހަތަރުވަނަ މަރު، ޖުމްލަ 148 އަށް

ކޮވިޑްގައި އިތުރު މީހަކު ނިޔާވެ، ޖުމްލަ އަދަދު 148 އަށް އަރައިފިއެވެ. އެޗްޕީއޭއިން ބުނެފައި ވަނީ، މިރޭ22:30 ގައި،71 އަހަރުގެ ދިވެހި ފިރިހެނެއް ނިޔާވެފައި ވާކަމަށެވެ. މިއީ ހުޅުމާލެ މެޑިކަލް ފެސިޓިލިޓީގ...

26 May 2021 | 18:47

ކޮވިޑްގައި އިތުރު މީހަކު ނިޔާވެ، ޖުމްލަ އަދަދު 148 އަށް އަރައިފިއެވެ.

އެޗްޕީއޭއިން ބުނެފައި ވަނީ، މިރޭ22:30 ގައި،71 އަހަރުގެ ދިވެހި ފިރިހެނެއް ނިޔާވެފައި ވާކަމަށެވެ. މިއީ ހުޅުމާލެ މެޑިކަލް ފެސިޓިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދިޔަ ބަލިމީހެކެވެ. މިއީ ކޮވިޑްގައި މިއަދު ނިޔާވި ހަތަރުވަނަ މީހާއެވެ.

https://twitter.com/HPA_MV/status/1397631603476631555

ކޮވިޑްގައި މިއަދު ކުރިން ނިޔާވެފައި ވަނީ އުމުރުން77 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިރޭ07:21 ގައި ނިޔާވެފައި މި މީހާއަކީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދިޔަ ބަލިމީހެކެވެ.

މީގެ އިތުރުން ދެ މީހަކު ކޮވިޑްގައި މިއަދު ނިޔާވެފައި ވެއެވެ. އޭގެ ތެރެއިން އެކެއް ނިޔާވެފައި ވަނީ މިއަދު މެންދުރު 02:35 ގައެވެ. އެޗްޕީއޭއިން ބުނެފައިވާ ގޮތުގައި، ނިޔާވެފައި ވަނީ 61 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިއީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދިޔަ ކޮވިޑްގެ ބަލިމީހެކެވެ.

އައްޑޫ ސިޓީގައި ކޯވިޑް-19 އަށް ފަރުވާ ދެމުން ދިޔަ މީހަކުވެސް މިއަދު ނިޔާވެފައިވެއެވެ.

އެޗްޕީއޭއިން ބުނީ ނިޔާވެފައިވަނީ އުމުރުން 91 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާ މަރުވީ މިއަދު ހެނދުނު 10:20 ގައި އެވެ.

ނިޔާވި އިރު އެމީހާއަށް ފަރުވާ ދެމުން ދިޔައީ ހިތަދޫ ކޯވިޑް މެނޭޖްމެންޓް ފެސިލިޓީގައިއެވެ.

މިއީ ރާއްޖެއިން ކޯވިޑް ޖެހިގެން މަރުވި 145 ވަނަ މީހާ އެވެ. އަދި އައްޑޫ ސިޓީގައި ކޯވިޑް ޖެހިގެން މަރުވި ދެ ވަނަ މީހާ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް