ވިޔަފާރި ކުރަން ދާ މީހުން އަތުގައި ޕޮލިސް ޕާމިޓް އޮތްތޯ ބަލާކަށް ނުޖެހޭނެ

ކާފިއު ނޫން ގަޑިތަކުގައި ވިޔަފާރި ކުރަންދާ މީހުން އަތުގައި ފުލުހުން ދޫކުރާ ހައުސް ހޯލްޑް ޕާމިޓް ނުވަތަ ބޭރަށް ނުކުތުގެ ހުއްދަ އޮތްތޯ ފިހާރަތަކުން ބަލަން ނުޖެހޭނެ ކަމަށް ފުލުހުން ބުނެފި އެވެ. މިއަދުން ...

26 May 2021 | 18:33

ކާފިއު ނޫން ގަޑިތަކުގައި ވިޔަފާރި ކުރަންދާ މީހުން އަތުގައި ފުލުހުން ދޫކުރާ ހައުސް ހޯލްޑް ޕާމިޓް ނުވަތަ ބޭރަށް ނުކުތުގެ ހުއްދަ އޮތްތޯ ފިހާރަތަކުން ބަލަން ނުޖެހޭނެ ކަމަށް ފުލުހުން ބުނެފި އެވެ.

މިއަދުން ފެށިގެން މާލޭގައި ކޯވޑް ކޮންޓްރޯލް ކުރުމަށް ވަރުގަދަ ފިޔަވަޅުތަކެއް ވަނީ އަޅާފަ އެވެ. އެގޮތުން ހަވީރު 4:00 ން ހެނދުނު 8:00 އަށް ކާފިއު ހިންގާއިރު އެނޫން ގަޑިތަކުގައި ގެއިން ބޭރަށް ނުކުމެވޭނީ ފުލުހުންގެ ޕޯޓަށް ނުވަތަ ފޯން މެދުވެރިކޮށް ހައުސް ހޯލްޑް ޕާމިޓް ހޯދައިގެންނެވެ.

އެޗްއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފު ވިދާޅުވީ ކާފިއު ނޫން ގަޑީގައި ވިޔަފާރި ކުރަންދާ ކޮންމެ މީހަކަށްވެސް އިތުރު ސުވާލު ކުރުމެއް ނެތި ވިޔަފާރި ކޮށްދިނުމުގެ އިހްތިޔާރު ވިޔަފާރިވެރިންނަށް އޮންނާނެ ކަމަށެވެ. އޭނާ ވިދާޅުވީ އެ ވަގުތުގައި ބޭރުގައި އުޅޭނީ ފުލުހުންގެ ހުއްދަ ލިބިގެން އުޅޭ މީހުން ކަމަށެވެ.

އަދި އެގަޑިތަކުގައި ބޭރުގައި އުޅޭ މީހުންގެ އަތުގައި ފުލުހުން ދޫކޮށްފައިވާ ހުއްދަ އޮތްތޯ ނެތްތޯ ބަލާނީ ފުލުހުން ކަމަށް ޝަރީފު ވިދާޅުވި އެވެ.

ކާފިއު ނޫން ގަޑީގައި ބޭރަށް ނުކުތުމަށް ފުލުހުން ދޫކުރާ ހައުސް ހޯލްޑް ޕާމިތް ދޫކުރަނީ އެމީހެއްގެ މައުލޫމާތާއި އެކު ގޭގެ ކަރަންޓު މީޓަރު ނަމްބަރު ފޮނުވުމުންނެވެ. ކޮށްމެ ގެއަށް ދެ ފާސް ދޫކުރާއިރު އޭގެ ތެރެއިން އެއް ފާސް ދޫކުރާ މީހާއަށް ބޭރަށް ނުކުމެވޭ ގަޑިއަކީ ހެނދުނު 8:00 ން މެންދުރު 12:00 އަށެވެ. އަދި އަނެއް ފާސް އޮންނަ މީހާއަށް ނުކުމެވެނީ މެންދުރު 12:00 ން ހަވީރު 4:00 އަށެވެ.

ފުލުހުން ބުނީ އެ ފާސް ދޫކޮށްފައިވާ މީހެއްގެ ނަން ބަދަލު ކުރެވޭނީ ކޮންމެ 72 ގަޑިއިރަކުން ކަމަށެވެ.

މާލެ ސަރަހައްދުގައި ކާފިއު ހިންގައި ކޯވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރީ މިއަދުން ފެށިގެން ކުރިޔަށް އޮތް ދެ ހަފްތާއަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް