މިރޭގެ ފަތިސް ނަމާދުން ފެށިގެން މާލެ ސަރަހައްދުގެ މިސްކިތްތައް ބަންދު

ކޮވިޑު ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، މިރޭ ފަތިސް ނަމާދުން ފެށިގެން މާލެ ސަރަހައްދުގެ މިސްކިތްތައް ބަންދުކުރަން ނިންމައިފިއެވެ. މިކަން ހާމަކޮށްފައިވަނީ އިސްލާމިކް މިނިސްޓްރީން ނެރެފައިވ...

26 May 2021 | 18:12

ކޮވިޑު ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، މިރޭ ފަތިސް ނަމާދުން ފެށިގެން މާލެ ސަރަހައްދުގެ މިސްކިތްތައް ބަންދުކުރަން ނިންމައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ އިސްލާމިކް މިނިސްޓްރީން ނެރެފައިވާ އިއުލާނެއްގައެވެ.

އިސްލާމިކް މިނިސްޓްރީގެ އެ އިއުލާނުގައި ބުނެފައިވަނީ މި މަހުގެ 19 އިން ފެށިގެން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލާފައިވީނަމަވެސް ބައެއް ފަރާތްތަކުން އެ އެންގުމަށް ތަބާނުވެ ބައެއް މިސްކިތްތަކުގައި ގައިދުރުކަމެއްނެތި ޖަމާއަތް ހަދަމުން އަންނަ ކަމަށެވެ.

"މި ދަނޑީވަޅުގައި މިސްކިތަށް ވަޑައިނުގެންނެވުނު ކަމުގައިވިއަސް ފަރުޟު ފަސްނަމާދު ބަރާބަރަށް އަދާކުރުމަށާއި، ސުންނަތް ނަމާދު ގިނަކޮށް، ކީރިތި ޤުރްއާން ކިޔަވައި، އިސްތިޣްފާރު ކުރުމަށާއި މި ބަލިމަޑުކަމުން އަވަހަށް ސަލާމަތް ކޮށްދެއްވުމަށް އެދި ގިނަގިނައިން ދުއާކޮށް އުޅުމަށް ހުރިހާ ރައްޔިތުންނަށް ނަސޭހަތްތެރިވެ ވަޞިއްޔަތްކުރަމެވެ" މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވެއެވެ.

ތަފްސީލު އަންނަނީ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް