ގާޑިޔަލެއްގައި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ

މާލޭގައި ސައިކަލަކާއި ގާޑިޔަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހަކު މަރުވެއްޖެ އެވެ. މި އެކްސިޑެންޓު ހިނގި ކަމުގެ ރިޕޯޓު ފުލުހުންނަށް ކޮށްފައިވަނީ މިރޭ 10:00 ގައި އެވެ. މި އެކްސިޑެންޓު ހިނގ...

26 May 2021 | 18:07

މާލޭގައި ސައިކަލަކާއި ގާޑިޔަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހަކު މަރުވެއްޖެ އެވެ.

މި އެކްސިޑެންޓު ހިނގި ކަމުގެ ރިޕޯޓު ފުލުހުންނަށް ކޮށްފައިވަނީ މިރޭ 10:00 ގައި އެވެ. މި އެކްސިޑެންޓު ހިނގާފައިވަނީ ގަލޮޅު ހުވަފެނީ ގޯޅީގައި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި އެކްސިޑެންޓު ހިނގީ ދުއްވާފައި ދިޔަ ސައިކަލް އެ ގޯޅީގައި ބާއްވާފައި އޮތް ގާޑިޔަލުގައި ޖެހިގެން ކަމަށެވެ.

މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ސައިކަލުގެ ފަހަތުގައި އިން މީހާ އަށެވެ. އެމީހާ މަރުވެފައިވަނީ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ލިބުނު ޒަހަމްތަކަށް ފަރުވާ ދެމުން ދަނިކޮށް ކަމަށް ފުލުހުން ބުންޏެވެ.

މަރުވެފައިވަނީ އުމުރުން 22 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ބުނީ ހާދިސާ ހިނގި އިރު ސައިކަލު ދުއްވަން އިން މީހާ ވަނީ ފިލާފައި އެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް